twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޭއޯ ރޯދަ ބަދިގެ: ބަޓަރ ޗިކެން

Apr 9, 2023

ކުކުޅު މަސް މެރިނޭޓް ކުރުމަށް ބޭނުންވާ ތަކެތި:

  • 400ގ ކުކުޅު މަސް (ކޮށާފައި)
  • 1 ސައި ސަމްސާ މުގުރި މިރުސް
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމްސާ ޖިންޖާ ގާރލިކް ޕޭސްޓް
  • ½ ސައިސަމްސާ ގަރަމް މަސާލާ
  • 1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
  • ½ ޖޯޑު ޔޯގަޓް
  • 1 މޭޒުމަތީސަމްސާ މަސްޓަޑް އޮއިލް

ރިހަ ގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

  • 2 މޭޒުމަތީ ސަމްސާ ބަޓަރ
  • 1 ދަޅު ޕީލްޑް ޓޮމާޓޯ
  • 1 ސައިސަމްސާ ޖިންޖާ ގާރލިކް ޕޭސްޓް
  • 6 ކާފުރުތޮޅި
  • 1 ސައި ސަމްސާ މުގުރި މިރުސް
  • ½ ސައިސަމްސާ ގަރަމް މަސާލާ
  • ½ ޖޯޑު ކުކިން ކްރީމް
  • ކުޑަ ލޮނުކޮޅެއް

ތައްޔާރު ކުރާނެގޮތް:

ބޯ ތައްޓަކަށް ޔޯގަޓް އަޅާފައި އޭގެތެރެއަށް މުގުރި މިރުސް ، ލޮނު، ޖިންޖާ ގާލިކް ޕޭސްޓް،ގަރަމް މަސާލާ އަދި ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅު މަސް ކޮޅު އަދި މަސްޓަޑްއޮއިލް އަޅާފައި ރަނގަޅަށް މޮޑެލުމަށް ފަހު މަތި ޖަހާލުމަށްފަހު ފްރިޖުގައި މެރިނޭޓްކުރުމަށް ބަހައްޓާށެވެ.

ރިހަ ގަނޑު ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ތަވާ އުނދުންމައްޗަށް އުދާލާފައި ބަޓަރ އަޅާލާށެވެ. ބަޓަރ ދިޔާވާން ފެށުމުން އޭގެތެރެއަށް ކާފުރުތޮޅި އަޅާފައި ކުޑަކޮށް ރަތް ކޮށްލާށެވެ. އެއަށްފަހު ޕީލްޑް ޓޮމާޓޯ ރަނގަޅަށް ޗަސްކޮށްފައި އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ކައްކާލާށެވެ. ދެން ޖިންޖާގާލިކް ޕޭސްޓް، މުގުރި މިރުސް، ގަރަމް މަސާލާ އަދި ލޮނުކޮޅު އަޅާފައި ކުޑައިރުކޮޅަކު ކައްކާލާށެވެ. ދެން ކްރީމް އަޅާފައި ކުޑަކޮށް ކައްކާލާށެވެ. އެއަށްފަހު މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު މަސްކޮޅުތައް އަވަނުން ނުވަތަ ތަވާގައި ތެޔޮ ފޮދެއް ހާކާލައިގެން ވިޔަސް ރޯފިލަންދެން ފިހެލުމަށްފަހު ތައްޔާރުކުރި ރިހަގަނޑު ތެރެއަށް އަޅުމަށްފަހު ކުޑަކޮށް ރަހަތައް އެއްވަންދެން ކައްކާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355