twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކޭއޯ ރޯދަ ބަދިގެ: ފެޝަން ފްރުޓް މޮހިޓޯ

ނަބީލާ އިސްމާޢީލް
Apr 10, 2023

ފެޝަން ފުރުޓަކީ ވަރަށް ފަސޭހައިން ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ، ހަށިގަނޑަށް ފައިދާހުރި މީރު މޭވާއެކެވެ. މޮހީޓޯ އަކީ ރޯދަވީއްލާ ގަޑީގައި ނުވަތަ ތަރާވީހު ގަޑީގައި ބޯލަން ރަނގަޅު މީރު ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:

  • 7 މިންޓް ލީވްސް
  • 1/2 ލުނބޯ (ތުނި ފޮއްޗަށް ކޮށާފައި،)
  • 1 ފެޝަން ފްރުޓް
  • 350 މލ ސްޕްރައިޓް

ތައްޔާރުކުރާނެ ގޮތް:

މިންޓް ލީވްސް ކޮޅާއި ފެޝަންފްރުޓްކޮޅު އަދި ލުނބޯ ފޮތިތައް ތައްޓަކަށް އަޅާލުމަށްފަހު، ސަމްސަލަކުން މަޑުމަޑުން އެއްކޮށްލާށެވެ. ލުނބޯ ކޮޅުތަކުން ކޮންމެވެސް ވަރަކަށް ދިޔަ ނިކުތުމުން ތަށީގެ 3/4 އަށް ކްރަސްޑް އައިސް އަޅާ ބާކީ ބަޔަށް ސްޕްރައިޓް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލާށެވެ. އެ ހުރީ ފެޝަން ފްރުޓް މޮހިޓޯ ތައްޔާރުކޮށްލެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293