twitterviber whatsapp telegramfacebookyoutube instagram
7th June 2026

އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނި ހޯދައިފި

ނަބީލާ އިސްމާޢީލް
Apr 10, 2023

އުރީދޫ އިން އިންތިޒާމުކޮށްގެން ބޭއްވި "އުރީދޫ ބޮކީ ބޯޅަ ޓޯނަމެންޓް 2023"ގެ ޗެމްޕިއަންކަން ޝަވިޔަނި ސައިންސް ކާމިޔާބުކޮށްފި އެވެ. ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ރެހެންދި ސްކޫލުގެ ޓާފުގައި ކުޅުނު މި ފައިނަލް މެޗުގައި ވާދަކުރީ 'ރޭޖް ޖިމް' އާއި ޝަވިޔަނި ސައިންސްއެވެ. މި މުބާރާތުގެ ތިންވަނަ ހޯދީ ކްރޮސް ރޯޑްސް މޯލްޑިވްސް އެވެ.

މިއާއެކު، މި މުބާރާތުން އެއްވަނަ ހޯދި ޓީމަށް ވަނީ 20،000 ރުފިޔާ ލިބިފައެވެ. އަދި ދެވަނަ ހޯދި ރޭޖް ޖިމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. އަދި، ތިންވަނަ ހޯދި ކްރޮސް ރޯޑްސް އަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ލިބިފައެވެ.

މި މުބާރާތް ނިންމުމުގެ ހަފުލާގައި ވާހަކަފު ދައްކަވަމުން އުރީދޫގެ ޚާލިދް އަލް ހަމާދީ ވަނީ ޓީމުތަކުން ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވެ، ދެއްކި ކުޅުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، އެ މުބާރާތުން ހުނަރުވެރި ކުޅުންތެރިން ފެނުނު ވެސް ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ބަމްޕާ ބޯޅައިގެ އެތެރެއަށް ކުޅުންތެރިން ވަދެ، ފުޓްސެލް ގޮތަށް ކުޅޭ މުބާރާތެކެވެ. މި މުބާރާތުގެ މެޗެއްގެ ދިގުމިނަކީ 10 މިނެޓެވެ. ކޮންމެ މެޗެއްގައި ދެ ހާފު ހިމެނޭއިރު، ތިން މިނެޓުގެ ބްރޭކެއް ދެ ހާފު ދެމެދަށް ލިބޭނެއެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރިއެވެ. މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355