twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކޭއޯ ރޯދަ ބަދިގެ: ރިހާކުރު ބޯކިބާ

Apr 12, 2023

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ރިހާކުރު
  • 2 ޖޯޑު ހަނޑޫ
  • 1 ޖޯޑު ކާށިހުނި
  • ގިތެޔޮ މިރުސް (ކުޅި ރަހަ ބޭނުންވާ ވަރަށް/ ތުނިކޮށް ކޮށާލާފަ)
  • 2 ލުނބޯ ހުތް
  • 3 ފިޔާ ( ތުނިކޮށް ކޮށާލާފަ)
  • 1/2 ސ ސަމްސާ އިނގުރު ޕޭސްޓް
  • 1/2 ސ ސަމްސާ ލޮނުމެދު ޕޭސްޓް
  • ރަހަ ލާވަރަށް ލޮނު
  • ހިކަނދިފަތް(ކޮށާލާފަ)

ތައްޔާރު ކުރާނެގޮތް:

ހަނޑޫ ކޮޅު ފުދޭވަރަކަށް ރާޅުކޮށް ފުޑާލާށެވެ. ނުވަތަ މުގުރާލާށެވެ. އެއަށްފަހު ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު ލުނބޯ ހުތް ޖަހާލައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން ރިހާކުރާއި ހުންޏާއި މުގުރާފައި ހުރި ފުށް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތެއްޔެއްގައި ރަނގަޅަށް ތެޔޮ ހޭކުމަށްފަހު މޮޑެފަހި ހުރި ބޯކިބާ ފުއްގަނޑު ތެލި ތެރޭގައި ރީތިކޮށް ފަތުރާލާށެވެ. ދެން މަތި އަންދައިގެން ރަގަޅަށް ފިހެލާށެވެ. ނުވަތަ ޓްރޭއެއްގައި ފަތުރާލާފައި އަވަނުން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293