twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކޭއޯ ރޯދަ ބަދިގެ: އަލުވި ކުޅި ބޯކިބާ

ނަބީލާ އިސްމާޢީލް
Apr 14, 2023

ބޭނުންވާނެތަކެތި:

  • 500ގ އަލުވި
  • 1 ދަޅު މަސް
  • 2 ލުނބޯ
  • 1/2 ޖޯޑު ހުނި
  • 3 ފިޔާ (އާދައިގެ ވަރެއްގެ/ ތުނިކޮށް ކޮށާލާފަ)
  • 2 ގިތެޔޮމިރުސް
  • 1 މ ސަމްސާ އިގުރު އަދި ލޮނުމެދު ޕޭސްޓް
  • 2 ހިކަނދިފަތް
  • 2 ބިސް
  • 2 މ ސަމްސާ ތެޔޮ
  • ލޮނު (ރަހަލާވަރުގެ)

ތައްޔާރުކުރާނެ ގޮތް:

އަލުވި ރަގަޅަށް ގާނާލުމަށްފަހު ތޮޔޮފޮދު ހޫނުކުރައްވާ އަލުވި ކޮޅު ރަގަޅަށް މީރުކޮށްލާށެވެ. އެއަށްފަހު މަސް ،ހުނި، ފިޔާ ،ލޮނުމެދު ،އިގުރު ،ހިކަދިފަތް، މިރުސް ، ލޮނު ރަގަޅަށް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު އޭގެތެރެއަށް އަލުވި ކޮޅު އެއްކުރުމަށްފަހު ވެސް މޮޑެލާށެވެ. އޭގެފަހުން ކުކުޅުބިސް އެއަށް އެއްކޮށްލާށެވެ.އަދި ރަގަޅަށް މޮޑެލުމަށްފަހު ބޭނުންވާވަރުގެ ޓްރޭއެއްގައި ތެޔޮފޮދެއް ހާކާލުމަށްފަހު އެއްކުރި ތަކެތި ބޯކިބަލަށް ބޭނުންވާހެން ރީތިކޮށް ފަތުރާލައިގެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293