ސްޓްރެޓެޖިކް މަޝްރޫއުތައް ގޮތް ނުނިމި ލަސްވެ ހަދިޔާ ބަހާ އުސޫލުން ރަށްރަށުގައި ހިންގުމަކީ އޭގެ ގެއްލުން ޖީލުތަކަކަށް ތަހައްމަލުކުރަން ޖެހޭ ކަމެއްކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު މިހެން ވިދާޅުވީ، އެސްޓީއޯއިން ކުޅުދުއްފުށީގައި އަޅަން ނިންމި ފުށް ފެކްޓްރީ ނޭޅި އޮތީ ސަރުކާރުން އެކަން ކުރަން ބޭނުންނުވެގެންކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެފައިވަނިކޮށެވެ.
އެސްޓީއޯގެ މި ފެކްޓަރީގެ މަސައްކަތަކީ ކުރިން ސަރުކާރުގެ ހުރިހާ ލެވެލްއަކުން ގޮތްނިމި، ރަސްމީކޮށް އިއުލާންކުރެވި، އެ ޕްރޮޖެކްޓަށް އެތަކެއް އަމަލީ މަސައްކަތްތަކެއް ކުރެވިފައިވާ ޕްރޮޖެކްޓެކެވެ. ނަމަވެސް މިމަސައްކަތް ނުފެށި ލަސްވަނީ ރައީސް އޮފީހުން ލޮކޭޝަން އާއި ގުޅޭގޮތުން އަލުން ގޮތެއް ނިންމަށް ބޭނުންވެ، އެކަމަށް ގޮތެއް ނުނިމިވާތީކަމަށް ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.
ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓްރެޓެޖިކް މަސްރޫއުތައް ގޮތްނުނިމި ލަސްވެ، ހަދިޔާ ބަހާ އުސޫލުން ރަށްރަށުގައި ހިންގުމަކީ އޭގެ ގެއްލުން ޖީލުތަކަކަށް ތަހައްމަލު ކުރަންޖެހޭ ކަމެއް ކަމަށާ އެމަގުން އަމަލުކުރާނަމަ ބޮޑު ހަރަދުކޮށްގެން އެކި ނަންނަމުގައި ޕްލޭންތައް ހެދުމުގެ މާނައެއް ނެތް ކަމަށެވެ.
"ސްޓްރެޓެޖިކް މަސްރޫއުތައް ގޮތްނުނިމި ލަސްވެ، ހަދިޔާ ބަހާ އުސޫލުން ރަށްރަށުގައި ހިންގުމަކީ އެގޭ ގެއްލުން ޖީލުތަކަކަށް ތަހަށްމަލު ކުރަންޖެހޭ ކަމެއް. އެމަގުން އަމަލުކުރާނަމަ ބޮޑު ހަރަދުކޮށްގެން އެކި ނަންނަމުގައި ޕްލޭންތައް ހެދުމުގެ މާނައެއް ނެތް، އިތުރުވަނީ ހަމައެކަނި އިސްރާފު." ޔާސިރު ވިދާޅުވި އެވެ.
ސްޓްރެޓެޖިކް މަސްރޫއުތައް ގޮތްނުނިމި ލަސްވެ، ހަދިޔާ ބަހާ އުސޫލުން ރަށްރަށުގައި ހިންގުމަކީ އެގޭ ގެއްލުން ޖީލުތަކަކަށް ތަހަށްމަލު ކުރަންޖެހޭ ކަމެއް. އެމަގުން އަމަލުކުރާނަމަ ބޮޑު ހަރަދުކޮށްގެން އެކި ނަންނަމުގައި ޕްލޭންތައް ހެދުމުގެ މާނައެއް ނެތް، އިތުރުވަނީ ހަމައެކަނި އިސްރާފު. https://t.co/E9IStrYUMm
— Yasir Abdul Latheef (@YasirLathyf) April 11, 2023
މި ފެކްޓްރީ އަޅަން ކުޅުދުއްފުށިން ބިން ކަނޑައަޅާ ނިމިފައިވާއިރު މި މަސައްކަތް ހުއްޓުނީ އެމްޕީ ޔާސިރާއި ކުޅުދުއްފުށީ މޭޔަރު އާތިފް، އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއިދުކުރަން ނިންމި ހިސާބުންކަމަށް އަޑުތައް ފެތުރުނެވެ. ކުޅުދުއްފުށީގައި ސަރުކާރުން ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް ނުފެށި ލަސްވުމާއި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ނުދިޔުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.