twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ގޮދަންފުށް ފެކްޓްރީ އަޅަން ހުއްދަދީ، އެކަން ކުރިއަށްގެންދަވާނީ އަންގާފައި: ރައީސް އޮފީސް

އަބްދުލް ވާހިދު ޙަސަން
Apr 12, 2023
2

ކުޅުދުއްފުށީ ގޮދަން ފުށް ފެކްޓްރީ އަޅަން ރައީސް އޮފީހުން ހުއްދަދީ އެ މަސައްކަތް ކުރިއަށްގެންދަން އެސްޓީއޯއަށް އަންގާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގޮދަން ފުށް ފެކްޓްރީ ކުޅުދުއްފުށީގައި ނޭޅި އޮތީ ސަރުކާރުން އެކަން ކުރަން ބޭނުންނުވެގެން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވުމާ ގުޅިގެން ކޭއޯއިން އެކަމާ ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށީގައި ގޮދަން ފުށް ފެކްޓްރީ އަޅަން ހުއްދަދީ އެ މަސައްކަތް ކުރިއަށްގެންދަން އެސްޓީއޯއަށް އަންގާފައިވާ ކަމަށެވެ.

"ކުޅުދުއްފުށީގަ ފެކްޓްރީ އަޅަން އެޕްރޫވަލް ދީ އެކަން ކުރިއަށްގެންދަން އެސްޓީއޯއަށް ވާނީ އިންސްޓްރަކްޝަންސް ދެވިފަ." މިއުވާން ވިދާޅުވި އެވެ.

އެސްޓީއޯއިން ކުޅުދުއްފުށީގައި ފުށާއި ހަނޑުލުގެ ފެކްޓްރީ އަޅަން ނިންމާ އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. އެތަނަށް ބޭނުންވާ ބިންވެސް ހަމަ އެއަހަރު ސިޓީ ކައުންސިލުން ހަމަޖެއްސި އެވެ. އަދި ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ހަމަ އެއަހަރު ކުރާނެކަންވެސް ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އިއުލާނުކުރެއްވި އެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެކަމުގެ އަމަލީ މަސައްކަތް ނުފެށި އޮތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

އަމްރު ރޭގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެސްޓީއޯއާ ހަވާލުކުރުމުގެ ކުރިންވެސް ވާނީ ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު ވާހަކަދައްކާފަކަމަށާއި ރާއްޖޭގައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ އެއް ޕްލޭނެއް ކަމަށެވެ. އަދި މިހާތަނަށް އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އަޅަން ބޭނުން ނުވެގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ކުޅުދުއްފުށީގައި ގޮދަން ފުށް ފެކްޓްރީ އަޅަން ނިންމީވެސް ރައީސް އޮފީހުން ކަމަށާ އެގޮތަށް ނިންމީ އެކަން ކުރުމަށް އެންމެ ރަނގަޅުތަނަކީ ކުޅުދުއްފުށީކަމަށް ސަރުކާރަށް ފެންނާތީކަމަށެވެ.

"
ކުޅުދުއްފުށީގައި [ފުށް] ފެކްޓްރީ އަޅަން ޑިސައިޑްކުރީވެސް ރައީސް އޮފީހުން. އެސްޓީއޯ އިން ހުށަހެޅި އޮޕްޝަންތަކަށް ބެލުމަށްފަހު [އެތަން އެޅުމަށް] އެންމެ ރަނގަޅު ތަނަކީ ކުޅުދުއްފުށީ ކަމަށް ފެންނާތީ.
ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި

އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މީގެ ކުރިން ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޕީ ޔާސިރު ވިދާޅުވެފައިވަނީ، ފުށް ފެކްޓްރީ، އަދި ހަނޑޫ ގުދަނުގެ އަމަލީ މަސައްކަތް ލަސްވަނީ ރައީސް އޮފީހުން ވަކި ގޮތެއް ނުނިމިގެންކަމަށް އެނގިފައިވާކަމަށެވެ.

ޔާސިރު ވިދާޅުވެފައިވަނީ، އެސްޓީއޯ އިން އޮތީ އެ މަސައްކަތް ފެށުމަށް ތައްޔާރަށްކަމަށް އެސްޓީއޯގެ ފަރާތުން ބުނެފައިވާކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކޮށްފައިވާއިރު، ޑިޒައިން ވޯކްސްވެސް ވަނީ ނިންމިފަ އެވެ. ނަމަވެސް މިމަސައްކަތް ނުފެށި ލަސްވަނީ ރައީސް އޮފީހުން ލޮކޭޝަން އާއި ގުޅޭގޮތުން އަލުން ގޮތެއް ނިންމަށް ބޭނުންވެ، އެކަމަށް ގޮތެއް ނުނިމި ވާތީކަމަށް ޔާސިރު ވިދާޅުވެފައިވެ އެވެ.

ޔާސިރު އިތުރަށް ވިދާޅުވެފައިވަނީ މި ފެކްޓަރީގެ މަސައްކަތަކީ ކުރިން ސަރުކާރުގެ ހުރިހާ ލެވެލްއަކުން ގޮތްނިމި، ރަސްމީކޮށް އިއުލާންކުރެވި، އެ ޕްރޮޖެކްޓަށް އެތަކެއް އަމަލީ މަސައްކަތްތަކެއް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ލޮކޭޝަން ކަނޑައެޅިފައިވަނީ ދިވެހި ރައްޔިތުންގެ ކުންފުނި އެސްޓީއޯއަށްވެސް އަދި ދިވެހި ގައުމަށްވެސް އެންމެ ފައިދާވާނެ ގޮތް ބެލިގެން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ވީހާވެސް އަވަކަށް ނިންމާ ދެއްވުމަށް ރައީސް އޮފީހުގައި އެދިފައިވާނޭކަމަށް ޔާސިރު ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355