twitterviber whatsapp telegramfacebookyoutube instagram
7th May 2024

މޫލީއިން ވާވޭގެ ވޮޗް ބަޑްސް 6،999 ރުފިޔާއަށް، ޑެލިވަރީ ހިލޭ

ނަބީލާ އިސްމާޢީލް
Apr 15, 2023

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީއަށް ވާވޭ ވޮޗް ބަޑްސް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ މެދު ކެނޑުމެއްނެތި ކަސްޓަމަރުން އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެއެވެ. އެންމެ ކޮލިޓީ އަދި ސާފު އަޑު ލިބޭއިރު، މިއީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ. މީގެ އިތުރުން ތުނި ރީތި ޑިޒައިނާއެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސް އަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށްވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.

ވާވޭ ވޮޗްސް ބަޑްސް http://ore.do/watchbuds މެދުވެރިކޮށް ގަނެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

ވާވޭ ވޮޗް ބަޑްސް ސިފަތައް:

  • ތުނި އަދި ޒަމާނާ އެއްގޮތް ޑިޒައިން
  • ސްޓޭބަލް އަދި ފާސްޓް ކަނެކްޝަނަށް ބްލޫޓޫތު
  • ޓަޗް ކޮންޓްރޯލް އާއެކު ވޮޗް ބަޑްސްގެ ބޭނުންކުރަން ފަސޭހަވުން
  • އެއް ޗާޖަކުން 10 ގަޑިއިރާ ހަމައަށް ބޭޓަރި ހިފަހައްޓާ (ޗާޖިން ކޭސްއާއެކު 30 ގަޑިއިރު)
  • ލެގް ފްރީ އޯޑިއޯ އަދި ވީޑިއޯ ސިންކްރޮނައިޒޭޝަންގެ ލޯ ލެޓެންސީ
  • އެއް ގެޖެޓެއްގައި އިއާބަޑްސް އަދި ސްމާޓްވޮޗް
  • ސާފު ރީތި އަދި ކޮލިޓީ އަޑު
  • ކޮލިޓީ އަޑާއެކު ކޯލްތަކަށް ދެ މައިކްރޯފޯނާއި ނޮއިސް ރިޑަކްޝަން
  • ހައިބްރިޑް އެކްޓިވް ނޮއިސް ކެންސަލޭޝަން

މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފަރއެއްގެ ދަށުން މި ގަޑި ވިއްކަނީ 6999 ރުފިޔާއަށެވެ. މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ބައލްވައިގަތުމުގެ ފުރުސަތު 22 އޭޕްރީލްގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑޑެލިވަރ ކޮށްދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355