twitterviber whatsapp telegramfacebookyoutube instagram
6th May 2024

އުރީދޫ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް

Apr 16, 2023

ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

އެ ކުންފުނިން ބުނީ ފަން ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރިކުއެސްޓް ލިބެމުންދާތީ ރަންގައި ރެޖިސްޓަވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލާފައިވާ ކަމަށެވެ. ރަންގައި ބައިވެރިވުމަށް ރެޖިސްޓަކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ http://ore.do/funrunkit މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނި ގޮތުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމުގައެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އުރީދޫން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަަމަށެވެ.

އުރީދޫ ފަން ރަން - ކުޅުދުއްފުށި ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. އުރީދޫން ބުނެފައިވަނީ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑެއް ހިމެނޭއިރު ކިޓްގެ އަގަކީ 100 ރުފިޔާ ކަމަށެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި އާއިލާ އަދި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ‌އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫން ދައުވަތުދެއެވެ. މި ދުވުމުގައި ބައިވެރިވުމަށް http://ore.do/funrunkit ރެޖިސްޓަ ކުރެވޭނެއެވެ. ދުވުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355