twitterviber whatsapp telegramfacebookyoutube instagram
20th December 2025

ހަނިމާދޫ ކައުންސިލުން އެރަށު ސިއްހީ މަރުކަޒުގެ ވޯޑް އޭސީކޮށްފި

ނަބީލާ އިސްމާޢީލް
Apr 17, 2023

ހދ ހަނިމާދޫ ކައުންސިލުން އެރަށުގެ ސިއްހީ މަރުކަޒުގެ ވޯޑް އޭސީކޮށް ނިންމާލާފައިފި އެވެ. ވޯޑްގެ އިތުރުން އެ މަރުކަޒުގެ ވިއްސާ ކޮޓަރި އޭސީ ކުރުމަށް މަސައްކަތްވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ރަށުގެ ސިއްހީ މަރުކަޒަކީ ރަށުގެ ވަލު ތެރެއާއި ވަރަށް ކައިރީގައި އޮންނަ ތަނަކަށްވުމުން ހޫނުގަދަ އިރަށްވެސް ސާފު ވައި ލިބޭތޯ ދޮރުތައް ހުޅުވާލި ނަމަވެސް މަދިރީގެ އުނދަގުލުގެ ސަބަބުން ވޯޑްގައި ތިބޭ ބަލި މީހުންނާއި ލޭ އަޅަން ވޯޑްގައި މަޑުކުރާ މީހުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާކަމަށެވެ.

ނަމަވެސް އިއްޔެ އޭސީކޮށް އެ ނިންމާލެވުނު ވޯޑުގެ ސަބަބުން މި ތަކުލީފުތަކަށް މިވަނީ ލުއިފަސޭހަކަން ލިބިފަ އެވެ، އޭނާ ވިދާޅުވީ ވިއްސާ ކޮޓަރީގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

2 ވޯޑާއި 1 ވިއްސާ ކޮޓަރި ހުންނަ މި ސިއްހީ މަރުކަޒު އޭސީ ކުރުމުގެ މަސައްކަތަކީ ކައުންސިލުން 2 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްދާ ޕްރޮގުރާމެކެވެ.

ރައްޔިތުންގެ ޝަކުވާ ކައުންސިލުން އަޑުއަހައި ކައުންސިލްގެ އިސްނެގުމުގެ މަތިން ކުރިއަށްގެން މި މަސައްކަތަކީ ހަރަދު ކުޑަކުރުމަށް ތަކެތި ކައުންސިލުން ގަނެގެން ކައުންސިލުގެ މުވައްޒަފުން ލައްވާ ކުރާ މަސައްކަތެއްކަންވެސް ފިރާގު ފާހަގަކުރެއްވި އެވެ.

އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355