twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޭއޯ ރޯދަ ބަދިގެ: އެގް ޕަފް

Apr 17, 2023

ބޭނުންވާ ތަކެތި:

  • 8 ބިސް ( ކައްކާފައި، ދިގަށް 4 ފަޅިކޮށްފައި )
  • 1 ބިސް
  • 2 ދަޅު މަސް
  • 1 ފިޔާ ( ކޮށާފައި )
  • 1 މ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2/1 ސ ސަމުސާ އަސޭމިރުސް
  • 2/1 ސ ސަމުސާ ލޮނުމެދު ( ގާނާފައި )
  • 2/1 ސ ސަމުސާ އިނގުރު ( ގާނާފައި )
  • 2 ޖޯޑު ގޮދަންފުށް
  • ހިކަނދިފަތް، ލޮނު، ގިތެޔޮމިރުސް

ފުށްގަނޑު ތައްޔާރު ކުރާ ގޮތް:

ތައްޓަކަށް ފުށް، ބިސް، ލޮނާއި ތެޔޮ އަޅައިގެން ރޮށިފިހާގޮތަށް ފުށްގަނޑު މޮޑެލާށެވެ. ގުޅަ ޖަހާލާފައި ދަމާލުމަށް ފަހު ބޭނުންވާ ސައިޒަކަށް ހަތަރެސްކަނަށް ކަފާލާފައި ބަހައްޓާށެވެ.

މަސްގަނޑު ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް މަސްދަޅު ތެޔޮއަޅާ ހޫނުވެލުމުން ފިޔާ، ލޮނުމެދު އަދި އިނގުރު އަޅާ ފިޔާގަނޑު މީރުކޮށްލާށެވެ. ދެން ހިކަނދިފަތް، އަސޭމިރުސް، ގިތިޔޮމިރުސް، ޓޮމާޓޯ ޕޭސްޓް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު މަސް އަޅާ ރަނގަޅަށް އެއްކޮށްލާފައި 5 މިނިޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ. އުނދުން މަތިން ބޭލުމަށްފަހު 10 ވަރަކަށް މިނެޓް ބަހައްޓާލާފައި ކޮންމެ ފުށްކޮޅެއްގެ ތެރެއަށް މަސް އަޅާފައި އޭގެ މަތީގައި ބިސްކޮޅެއް ބާއްވާފައި ފުށްކޮޅު ލައްޕާލާށެވެ. އޭގެ ފަހުގައި 1 ބިސް ގިރާލާފައި ފުށްކޮޅުމަތީ ހާކާފައި އަވަނުން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355