twitterviber whatsapp telegramfacebookyoutube instagram
7th May 2024

އުރީދޫ ފަން ރަންގެ މީޑިއާ ޕާޓްނަރަކަށް ކުޅުދުއްފުށީ އޮންލައިން

ނަބީލާ އިސްމާޢީލް
Apr 17, 2023

އަންނަ މޭ މަހު 5 ވަނަ ދުވަހު އުރީދޫން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫ ފަން ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ކުޅުދުއްފުށި އޮންލައިން" ހަމަޖައްސައިފި އެވެ.

އުރީދޫން މީގެ ކުރިން މާލެ ސަރަހައްދުގައި ބާއްވާ ފަން ރަން ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގެ ރަށެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތައް ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓް އަދި ފަން ކިޓް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.

މި ދުވުމުގައި ބައިވެރިވުމަށް http://ore.do/funrunkit މެދުވެރިކޮށް ރެޖިސްޓަރ ކުރައްވާށެވެ. ދުވުމާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލައްވާށެވެ.

ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރިކުއެސްޓް އާއި އެކު ރެޖިސްޓަރވުމުގެ ފުރުސަތު މިހާރުވަނީ 22 އޭޕްރިލް 2023 އާއި ހަމައަށް އުރީދޫން އިތުރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355