twitterviber whatsapp telegramfacebookyoutube instagram
2nd June 2025

މިދައުރުގެ ތެރޭގައި ހަނިމާދޫ އިން ދެވަނަ ފަހަރަށް ގޯތި ދޫކުރަނީ

އަބްދުލް ވާހިދު ޙަސަން
Apr 19, 2023
1

ހދ ހަނިމާދޫ 200 ބަންޑާރަގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. މިއީ ކައުންސިލްގެ މިދައުރުގައި އެރަށުން ބަންޑާރަގޯތި ދޫކުރާ ދެވަނަ ފަހަރެވެ.

ބިމުގެ ގޮތުން ބޮޑު ހަނިމާދޫ އިން މިއަހަރު ކުރީކޮޅު ދޫކޮށްފައިވަނީ 3000 އަކަފޫޓްގެ 200 ގޯއްޗެވެ.

މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި، ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ހުށަހެޅުއްވީ ލޭންޑްޔޫސް ޕްލޭނުން ގޯތިދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދޫކުރެވެން ހުރި މިންވަރަކަށް ގޯތިދޫކުރުމަށެވެ.

މަޝްވަރާއަށްފަހު ކައުންސިލުން ނިންމީ 2500 އަކަފޫޓްގެ 200 ގޯތި ދޫކުރުމަށެވެ. މިގޮތަށް ފާސްވީ ތިން މެމްބަރުންގެ އިއްތިފާގުންނެވެ. ނައިބު ރައީސް ފިރާގު ވިދާޅުވީ، މިފަހަރުވެސް ގޯތިދޫކުރުމުގައި އިސްކަން ދޭނީ ރަށުގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކަށް ކަމަށެވެ.

"ވަރަށް ޑިމާންޑް ބޮޑު، މިހާރުވެސް ރަށުން ބޭރު އެތައް ބަޔަކު މިއަދު މިވީ ވަގުތުކޮޅުގަ އެދެފި އަޅުގަނޑު ގާތުގަ އެކަނިވެސް ހަނިމާދޫއިން ބިމެއް ލިބޭނެ ގޮތެއް އޮތްތޯ. ޖަވާބަކީ ހަމަ ހަަނިމާދޫގަ ރަޖިސްޓްރީ ވެގެންނޭ ޝަރުތު ހަމަވާނި." ފިރާގު ވިދާޅުވި އެވެ.

ހަނިމާދޫގައި ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ބައެއް ރަށްތަކުން މީހުން ބަދަލުކޮށްފައިވާ ހަނިމާދޫއަކީ 3000 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355