twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޭއޯ ރޯދަ ބަދިގެ: ލުއި ބިިރިޔާނި

Apr 20, 2023

ބޭނުންވާ ތަކެތި:

  • 500 ގ ބާސްމަތީ ހަނޑޫ
  • 1 ކުކުޅު (ކޮށާފަ)
  • 5 ކަރަންފޫ
  • 4 ޓޮމާޓޯ (ކިއުބުކޮށް ކޮށާފަ)
  • 2 ކެރެޓް (ކައްޗަށް ފޮތިކޮށްފަ)
  • 4 ކާފޫރު ތޮޅި
  • 2 މ ސަމުސާ އިނގުރު ލޮނުމެދު އެއްކޮށް (ޗިސްކޮށްފަ)
  • 50ގ ހިކި މޭބިސްކަދުރު
  • 5 ފިޔާ (ކޮށާފައި)
  • 2 އިންޗި ފޮނިތޮށިކޮޅެއް (3 ބުރި ކޮށްފައި)
  • 25 ގ ކޮތަބިރި
  • 1 ޖޯޑު ކެޖޫނަޓް
  • 1 މޭޒުމަތީ ސަމުސާ މުގުރި ދިރި
  • 1 ގިތެޔޮ މިރުސް (ކޮށާފަ)
  • 2 ރޯމިރުސް (ފަޅިފަޅިކޮށްފަ)
  • 1 ސ ސަމުސާ މުގުރި އަސޭމިރުސް
  • 1 ސ ސަމުސާ ރީނދޫއޮރެންޖް ކުލަކޮޅެއް
  • 4 މ ސަމްސާ ބަޓަރ
  • 4 ކެޕްސިކަމް (ކަރުގަނޑު ނަގާ ވަށްފޮއްޗަކަށް ކޮށާފަ)
  • 2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

ތައްޔާރު ކުރާނުގޮތް:

ހަނޑޫކޮޅު ދޮވެފައި 2 ކާފޫރުތޮޅި 2 ކަރަންފޫ 1 އިންޗީގެ ފޮނިތޮށިކޮޅާއި ލޮނުކޮޅެއް ލައިގެން ބަތްކައްކަން އުދާށެވެ. ތަވައެއް އުނދުން މައްޗަށް އުދާލަފައި ބަޓަރުކޮޅު އަޅާލާށެވެ. ބަޓަރު ކޮޅު ދިޔާވުމުން ފިޔާ، މިރުސް، ހިކިމޭބިސްކަދުރު، ކެޕްސިކަމް، ކެޖޫނަޓް، ފޮނިތޮށި، ކާފޫރުތޮޅި، ކެރެޓް، ކަރަންފޫ އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމައި ކުކުޅުމަސް، އިނގުރު، ލޮނުމެދު، ދިރިއަސޭމިރުސް، ލޮނު، ރީނދޫ އެއްކޮށްފައި މަސްތައް މަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. މަޑުނުވަނީސް ހިކޭނަމަ ފެންފޮދެއް އަޅާށެވެ. މަސްކޮޅު ރޯފިލުމުން ޔޯގަޓް އަޅާލާށެވެ. ބަތްކޮޅު ދެބައިކުޅައެއްބަޔަށް ރޯފިލުމުން މަސް، ބަތްތަވާގެ ތެރެއަށް އަޅާ ގިނި މަޑުކޮށްލާފައި މަތިޖަހާށެވެ. ދެން ފެން ހިނދެން ފެށުމުން ފިނިފެން ފޮދެއްގައި ކުޑަ ލޮނުކޮޅެއް ގިރުވަލާ ބަތްތަވާގެ މައްޗަށް ބުރުވާލާފައި ކޮތަނބިރިފަތްވެސް ބުރުވާލާފައި އެއްކޮށް ހިނދެންދެން ބަހައްޓާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355