twitterviber whatsapp telegramfacebookyoutube instagram
6th May 2024

އުރީދޫ އީދު ހަދިޔާ: 100 ޖީބީއާ ހަމައަށް ޑޭޓާ ލިބޭ ހާއްސަ އޮފާތަކެއް

Apr 21, 2023

މިއަހަރު ގެ ފިތުރު އީދު ފާހަގަކުރުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކާ އެކު ތައާރަފުކޮށްފިއެވެ.

އުރީދޫގެ މޯބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރި އާ ދެ އެޑް-އޮން ޕެކަކީ ތިން ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70 ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކެވެ.

ޗުޓީ ޕެކުގެ އަގަކީ 100 ރުފިޔާއެވެ. މަގޭ ޕްލޭންގެ އަގަކީ 600 ރުފިޔާއެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށްވެސް މި ދެ ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫން ބުނީ، މި ހާއްސަ އީދު އޮފާ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުން އިންޓަނެޓް މެދުވެރިކޮށް ފަސޭހަ ކަމާއެކު ގުޅުވާލަދީ މި ބަރަކާތްތެރި މުނާސަބަތުގެ އުފާވެރިކަން ދުރުގައި ތިބޭ ރައްޓެހިންނާއި އާއިލާއާ ހިއްސާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

ޗުއްޓީ ޕެކް އެކްޓިވޭޓް ކުރުމަށް:

  • "100 ޖީބީ" ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކޮށްލާ ނުވަތަ
  • *929*1# އަށް ގުޅައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެ
  • އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/app ޒިޔާރާތްކޮށްލާ
  • ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/chutteepack ޒިޔާރާތްކޮށްލާ

މަގޭ ޕްލޭން އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭ އިރު، މި ޕެކް އުރީދޫ އެޕް http://ore.do/app ނުވަތަ ކުއިކް ޕޭ http://ore.do/magey600 މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

މި އޮފާތަކުގެ އިތުރުން އުރީދޫން ވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫ އީދު ސައި - އީދު ނަމާދަށް ފަހު ކިންގް ސަލްމާން މިސްކިތުގައި ހާއްސަ ނާސްތާއެއް ބާއްވައިފައެވެ. އޭގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން އީދު ހަދިޔާ ވަނީ ބަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355