twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެމްޓީސީސީން ހަނިމާދޫ މަގުތައް ހަދާ ނިންމާލައިފި

ނަބީލާ އިސްމާޢީލް
Apr 24, 2023
2

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓުން ކޮމްޕަނީ (އެމްޓީސީސީ)ން ނިންމާލައިފިއެވެ.

އެރަށު މަގު ހެދުމުގެ މަޝްރޫއުއަކީ 28.90 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން، 44،296 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18،871 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް އާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް އާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނުނު ކަމަށް އެމްޓީސީސީން ބުންޏެވެ.

2،300 މީހުން ދިރިއުޅޭ މިރަށަކީ އުތުރުގެ އަތޮޅުތަކުގެ ބޮޑު އާބާދީއެއް ވައިގެ ދަތުރުފަތުރު ކުރުމަށް މިހާރުވެސް ބަރޯސާވަމުން އަންނަ ރަށެވެ.

އަދި ރަށުގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީގެ އެކި ކަހަލަ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ފުދޭވަރަކަށް ގިނަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވެއެވެ. އަދި އެއްގަމު އުޅަނދުފަހަރު ގިނަ ރަށެއްގައި ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްގެ ކަމުގައި މި ރަށުގެ ރައްޔިތުން ދެކެއެވެ.

ނަމަވެސް މިރަށުގެ ރައްޔިތުންނާއި އަދި ރަށަށް ޗުއްޓީ ހޭދަކުރަންށާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައްވެސް މީގެ ކުރިން އެންމެ ދަތިވާކަމަށް ފާހަގަކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ. އަދި ވިއްސާރަ ދުވަސްކޮޅެއްނަމަ ފެން ރަނގަޅަށް ނުހިނދި އެތައް ދުވަހެއް ވަންދެން ހުރެފައި މަގުގައި އެތަކެއް އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި އެއްގަމު އުޅަނދުފަހަރަށް އެތަކެއް ދަތިތަކާއި ގެއްލުމާވެސް ކުރިމަތިލާން ޖެހުނެވެ. އަދި މީގެ އިތުރުން މަގުތަކުގައި ހިރަފުހުގެ އުނދަގޫވެސް އެހާމެ ބޮޑުކަމަށް ރައްޔިތުން ފާހަގަ ކުރެއެވެ.

ނަމަވެސް އެމްޓީސީސީނ އެރަށު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ރައްޔިތުންގެ ޝަކުވާތަކަށް ލުޔެއް ވަނީ ގެނެސްދީފައެވެ.

އެމްޓީސީސީންބުނީ މިހާރު މިވަނީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބި މަގު ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ހައްލު ގެނެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ މަގުތަށް މިހާރު މިވަނީ ރަނގަޅު ފެންވަރަށް ތަރައްގީކޮށް ނިމިފައެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުކުރުމުގައި އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ހަނިމާދޫ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިހާރު ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355