twitterviber whatsapp telegramfacebookyoutube instagram
19th August 2025

އަންހެން މީހާގެ ފައިގެ ކުޑަހުޅުގައި ވަނީ ދެ ރެނދެއްލާފަ

އަބްދުލް ވާހިދު ޙަސަން
Apr 26, 2023
1

ކުޅުދުއްފުށީގައި ސައިކަލަކާއި ބެޓެރީ ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ ބައިސްކަލްގައި އިން 53 އަހަރުގެ އަންހެން މީހާއަށެވެ.

ފަހިދުވެލި ޓެކްސީ ސެންޓަރާ ދިމާ އަމީނީމަގުގައި ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އަމީނީމަގުން އުތުރަށް ގޮސް ސަރުދާރުމަގަށް ވަންނަން އުޅުން ބައިސްކަލާއި، އަމީނީމަގުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.

އަންގަރާ ދުވަހު 14:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 33 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އަންހެން މީހާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އެ މީހާގެ ކަނާތުފައިގެ ކުޑަކުޅުގެ އެތެރެ ފަރާތުގެ ދެ ކަށިގަނޑެއްގައި ވަނީ ރެނދު ލާފާފަ އެވެ. އަދި ހަމަ އެ ފައިގެ ތަނބިކައްޓަށާއި ބޮޑުވާ އިނގިޔަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ، ތަނބިކައްޓަށް އެއްޗެއް ވަދެ ބޮޑު ވިއްދެއް އެޅިފައިވާއިރު ބޮޑުމައި އިނގިލި މަގުގައި ގޭނި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. ތަނބިކަށި ލޭމަނާނުވެ ވަރަށް ގިނަ ވަގުތުވިކަމަށްވެސް އޭނާ ބުންޏެވެ.

ކޭއާރުއެޗުން ބުނީ، އަންހެން މީހާގެ ފައިގެ އޮޕަރޭޝަން މާދަމާ ކުރުމަށް ހަމަޖެހިފައިވާކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355