twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަޝްއަށް ލިބިއްޖެ

މުޙައްމަދު އަހުމަދު
Apr 28, 2023
1

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށައަޅާފައިވާ މައްސަލައިގައި ރާއްޖޭގެ އީޒެޓް ސަރައްހަދުން ބޮޑު ބައެއް ރާއްޖެއަށް ގެއްލިއްޖެ އެވެ.

އިޓްލޮސްއިން އެމައްސަލައިގައި ހުކުމް އިއްވާފައިވަނީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އިޓްލޮސްއިން އިއްވި މިހުކުމާއެކު ރާއްޖޭގެ މަސްވެރިންނަށް މަސްވެރިކަން ކުރާ ކަނޑުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭނެ އެވެ.

މިމައްސަލައިގައި ރާއްޖެއިން 200 ނޯޓިކަލް މޭލު ހޯދުމަށް އިކުއިޓިބަލް ނުވަތަ އަދުލުވެރި އުސޫލުން ކަނޑުގެ ސަރަހައްދު އިންކުރުމަށް ވަކާލާތުކޮށްފައިނުވާއިރު އޭގެ ބަދަލުގައި ރާއްޖެއިން ވެސް އެއްބަސްވީ މޮރިޝަސްއިން އެދުނު ފަދައިން ފުށުއަރާ ސަރަހައްދު ހަމަހަމައަށް ދެގައުމަށް ބަހާލުމަށެވެ.

އެހެންނަމަވެސް ރާއްޖެއާއި މޮރިޝަސްއާ މެދު ތަފާތު ވިސްނުމެއް އޮތީ ދެގައުމަށް ހަމަހަމައަށް ބަހާލުމުގައި ޗާގޮސް ކަނޑުގެ ސަރަހައްދު ފެށޭ ނުކުތާކަމަށް ބަލާނެ ބަޔަކާ މެދުގަ އެވެ. ރާއްޖެއިން ބުނީ މޮރިޝަސްއިން ބޭނުންވާ ގޮތަށް ބްލެންހައި ފަރު ކަނޑަނާޅާ އޭގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސޮލޮމަން އައިލެންޑްސް، ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން އެސަރަހައްދު މިންކުރުމަށެވެ.

ރާއްޖޭގެ އެނުކުތާ ކާމިޔާބުވީއިރު އޭރުން ރާއްޖެއާއި ޗާގޮސްގެ މެދުގައި ފުށުއަރާ ސަރަހައްދު ބައިކުރާނީ ރާއްޖެއިން އެދުނު ގޮތަށް ޕެރޯސް ބަންހޯސްއާއި ސޮލޮމަން އައިލެންޑްސް ދެއަތޮޅުގައި ފާހަގަކުރާ ނުކުތާތަކުން ޗާގޮސްގެ ކަނޑުގެ ސަރަހައްދު މިންކޮށްގެންނެވެ.

މި މައްސަލައިގައި ރާއްޖޭގެ ގާނޫނީ ވަކީލުން ވަކާލާތުކުރައްވާފައިވަނީ އިކުއިޑިސްޓޭންސްގެ އުސޫލުން އެ ސަރަހައްދު ބައިކުރުމަށް ވަކާލާތުކުރުމުން ރާއްޖެއަށް ހައްގުވާ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ނުލިބުމުގެ އިހުތިމާލު އޮތުމުން ރާއްޖެއިން އިކުއިޓަބަލް އުސޫލުތަކުން ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަށް ވަކާލާތުނުކުރުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއްގެ ގޮތުގަ އެވެ.

މިމައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖޭގެ ގާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނެފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއަށް ދެން ނުލިބޭނެ އެވެ. ރާއްޖޭގެ ޤުދުރުތީ ކޮންޓިނެންޓަލް ޝެލްފު 200 މޭލަށްވުރެ ބޭރު ސަރަހައްދަކަށްދާތީ 2010 ވަނަ އަހަރުގައި ރާއްޖެއިން 200 މޭލުން ބޭރުން އޮތް ބައި ހޯދުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްސް (ސީއެލްސީއެސް)އަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލާގައި މިވީހާތަނަށް އެ ކޮމިޝަނުން ގޮތެއް ނިންމާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355