އިޓްލޮސްގެ ނިންމުމާއެކު ދިވެހިންގެ މާކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބާރު ދިވެހިންނަށް ލިބިއްޖެކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވި.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަށަވަރުވުމުގެ ސަބަބުން ދެކުނުގެ މަސްކަނޑުތައް ހިމާޔަތްކުރުމަށް މިހާރު ސީދާ ދިވެހި ސަރުކާރަށް މަސައްކަތްކުރުމުގެ ބާރު ލިބިގެން ގޮސްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ޗާގޯސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ ހުސެއިން ރަޝީދު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިވެ، އދ ގެ ގަރާރުތަކާއި އެއްގޮތަށް ރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިޔުމަކީ ރާއްޖެއަށް ލިބިގެންދިޔަ ތާރީހީ ކުރިއެރުމެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެކުރިން ދެކުނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަނީ ސިޔާސީ ސަރަހައްދެއްގެ ގޮތުގައިކަމަށެވެ. އަދި ކުރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުން މަސްވެރިކަންކޮށްގެން އެފަދަ އުޅަނދުތައް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ހުރަސްކޮށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ނިކުންނަށްކަމަށް ޑރ ހުސެއިން ވިދާޅުވި އެވެ.
އެގޮތުން އިން ކަނޑައެޅުމުގެ ކުރިން ރާއްޖެއަށް ލިބިފައިވާ 12 މޭލު ހުރަސްކޮށް ބޭރަށް ދިއުމުން އެފަރާތްތަކަށް ފިޔަވަޅުއެޅުމަށް ކުރެވޭނެ އެއްވެސް ކަމެއް މީގެ ކުރިން ދިވެހި ސަރުކާރަކަށް ނޯންނަކަމަށާއި އެހެންނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ދިވެހިންގެ މާކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބާރު ދިވެހިންނަށް ލިބިއްޖެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.