twitterviber whatsapp telegramfacebookyoutube instagram
7th May 2024

އުރީދޫ ފަންރަން ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް އެސްއެސްޓީވީ

May 3, 2023

ކުޅުދުއްފުށީގައި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން"ގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް އެސްއެސްޓީވީ އިއްޔެ ހަމަޖައްސައިފިއެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރިލްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަން ރަން އަކީ މިއަހަރު ހދ އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކުޅުދުއްދުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން" އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެސްޓީވީން ވަނީ މީގެކުރިން އުރީދޫ އާއި މަޝްހޫރު ޓީއެފްޖީން ބޭއްވި ދުވުމުގެ ބައެއް އިވެންޓްތައްވެސް އެސްއެސްޓީވީގެ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭ މަޖާ ހަރަކާތްތަކެއް ހިމެނޭ މި ދުވުމަކީ 6 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކުރާ ދުވުމެކެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.

ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން އިންފްލޭޓަބަލް އޮބްސްޓޭކަލް އާއި ފެން އަދި ފޯމު ޖެހުމުގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އުރީދޫން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ދުވެފައި ނޫނީ ނަށަމުންވެސް ދުވުން ނިންމިދާނެ ކަަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355