twitterviber whatsapp telegramfacebookyoutube instagram
16th April 2024

ނަމާދަށް ބަންގިގޮވާ ހިނދު ޝައިޠާނާއަށް ވަނީ ކިހިނެއް؟

ހ.މ
May 4, 2023

ނަމާދަށް ބަންގިގޮވާ ހިނދު ޝައިޠާނާއަށް ވަނީ ކިހިނެއް؟

ޝައިޠާނާވަނީ އިންސާނުންކުރެ ހުރިހާ އެންމެން މަގުފުރައްދާނެ ކަމުގައި މާތް ﷲ ގަންދީ ހުވާކޮށްފައެވެ. އެއާއެކު، ކޮންމެ އިންސާނެއްގެ ކައިރިޔަށްވެސް ގޮސް މަގުފުރެއްދުމުގެ މަސައްކަތް ރެޔާ ދުވާލު ކެނޑިނޭޅި އޭނާ އަންނަނީ ކުރަމުންނެވެ. ހެޔޮ ޢަމަލެއް ކުރަން ނިޔަތް ގަންނަ ހިނދު އޭނާގެ ދުއްތުރާ ވަކިން ބޮޑަށް އިންސާނުންނަށް ކުރިމަތިވެއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގެ ސޫރަތުލް ޢައުރާފުގެ 17 އަދި 16 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛

"މާނައީ: "އެކަލޭގެ (އެބަހީ: އިބިލީސް) ދެންނެވިއެވެ. އިބައިލާހު ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެބައިމީހުން އިބައިލާހުގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. [16] ދެން އެބައިމީހުންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެބައިމީހުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސް ދިނުމަށް) އެބައިމީހުންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބައިލާހު ދެކެވޮޑިއެއް ނުގަންނަވާނެވެ. [17]"

ލިޔުމުގައި މި ފާހަގަކޮށްލަނީ، މާތް ﷲ ގެ މަގުން އެއްކިބާވެފައިވާ މިނުލަފާ ޝައިޠާނާ ބަންގީގެ އަޑު އިވޭ ހިނދު ކަންތައް ކުރާ ގޮތުގެ ވާހަކައެވެ.

މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން ރިވާވެގެންވާ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ޝައިޠާނާއަށް ބަންގީގެ އަޑު އިވޭން ފެށުމުން (އަޑު ނޭހުމަށްޓަކައި) ފިލަންވެގެން ރަޢުހާ ކިއުނު ރަށާ ހިސާބަށް ދުވެފައި ދާނެއެވެ." (މުސްލިމް). (ނޯޓް: ރައުޙާ އަކީ މަދީނާއާއި 36 މޭލު ދުރުގައި އޮންނަ ރަށެކެވެ.)

އަދިވެސް މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ބަންގީގެ އަޑު އިވޭ ހިނދު ޝައިޠާނާއަށް ވާގޮތް ބަޔާންކޮށް ދެއްވައި ޙަދީސް ކުރައްވާފައިވާ ބަސްފުޅެއް މާގައިވެއެވެ.

"ނަމާދަށް އަންނަން މުދިމް މީހާ ގޮވާއިރު، އެއަޑު އިވުމާއެކު ޝައިޠާނާ އެއަޑު ނޭހުމަށްޓަކައި ބޯޖެހިތާ ނަގޫ ޖަހާފައި، ދުވަމުން ދާނެއެވެ. ދެން މުދިންމީހާގެ އަޑު ކެނޑުމާއެކު އެސޮރު އެނބުރި އަންނާނެއެވެ. ދެން މީސްތަކުންނަށް ވަސްވާސް ދޭން ފަށާނެއެވެ. ދެން ޤަމަތްދޭ އަޑު އިވޭ ހިނދުވެސް، އަޑު ނުއިވޭ ހިސާބަށް ދުވެ ފިލާނެއެވެ. ދެންވެސް ޤަމަތުގެ އަޑު ކެނޑުމާއެކު އެނބުރިއައިސް ވަސްވާސް ދޭން ފަށާނެއެވެ"

އެހެންކަމުން، ޝައިޠާނާގެ ވަސްވާސްތަކުން ދުރުހެލިވުމަށް ބަންގީގެ އަޑު އެހުން މުހިންމެވެ. އެއަޑުއަހައި އޭގެ މާނާގައިވާ އެއްޗެއް ފަހުމުކޮށް ދެނެގަތުމަކީ ނުހަނު މޮޅު އިތުރުވެގެންވާ ކަމެކެވެ.

ބަންގީގެ ކަލިމަތައް ހިތުން ތެދުކޮށް މުދިމު މީހާ ބަންގި ގޮވާ ހިނދު އަޑުދަށުން ކިޔައިފިނަމަ، އޭނާއަށް ސުވަރުގެ ލިބިއްޖެކަން ކަށަވަރެވެ" (މުސްލިމް)"

ދުޢާއަކީ، ޝައިޠާނާގެ މަޅީގައި ނުޖެހި، މާތް ﷲ އެންގެވި މަގުގައި ސާބިތުވެ ހުރުމުގެ ތަޢުފީގު އަޅުނޑަށާއި ތިޔަ ބޭފުޅުންނަށް މިންވަރު ކުރެއްވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355