twitterviber whatsapp telegramfacebookyoutube instagram
7th May 2024

އުރީދޫ ފަންރަން: ކުޅުދުއްފުށީގައި ބާއްވާ އެންމެ ފޯރިގަދަ، އެންމެ ބޮޑު ދުވުން މިއަދު ފެށޭނެ

ދުވުމުގެ ބައިވެރިން މިއަދު ހަވީރު 3:45 އަކަށް ރަށްމަތިފަންނު ސަރަހައްދަށް ދާން ޖެހޭ

May 5, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ދުވުން މިއަދު ހަވީރު ކުޅުދުއްފުށީ ރަށްމަތިފަންނުގައި ފެށޭނެކަމަށް އެކަން އިންތިޒާމުކުރާ އުރީދޫ ބުނެފި އެވެ.

ރާއްޖޭގެ ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ދުވުން މިފަހަރު ކުޅުދުއްފުށީ ރަށްމަތިފަންނު ސަރަހައްދުގައި ދުވުން ފެށިގެންދާނެ އެވެ. އުރީދޫ އިން ބުނީ، ރަންގައި ބައިވެރިވާ ފަރާތްތަކުން ރަށްމަތިފަންނު ސަރަހައްދަށް މިއަދު ހަވީރު 3:45 އަށް ވަޑައިގެންދެއްވުމަށެވެ. ދުވުމުގައި ރަޖިސްޓްރީ ނުކުރެވިވާ ފަރާތެއްވާނަމަ މިއަދު ހަވީރުވެސް ރަށްމަތިފަންނުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެތަނުންވެސް ސީދާ ބިބް ވިއްކަމުން ގެންދާނެ އެވެ.

ދުވުން 4:30 އަށް ފަށަން ތާވަލުކޮށްފައިވާއިރު ދުވުމުގެ ކުރިން ވާމްއަޕްކޮށްލުމަށް ސޯލް ފިޓްނެސް ސެންޓަރުން ދުވުމުގެ ބައިވެރިންނާއެކު ވާމްއަޕް ސެޝަންއެއް ބޭއްވިގެންދާނެކަމަށް އުރީދޫން މައުލޫމާތުދެ އެވެ.

އުރީދޫން ބުނީ، ވާމްއަޕް ސެޝަންއަށްފަހު ސަރަފުވެރިމެހެމާނުންނާއި މެމްބަރުންނާއި ދުވުންތެރިންނާއެކު ނެގޭ ރަސްމީ ސެލްފީއަށްފަހު ދުވުން ފެށިގެންދާނެ އެވެ.

މި ދުވުމުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޙާލިދް އަލް - ހަމާދީ އާއި އުރީދޫގެ މެނޭޖްމަންޓްގެ ޓީމާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފާއި ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފަސް ކިލޯ މީޓަރުގެ މި މަޖާ ދުވުމުގައި ކޮންމެ ކިލޯ މީޓަރަކުން މަޖާ ހަރަކާތްތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ކުލަ ޖެހުމުގެ އިތުރުން އިންފްލޭޓަބަލް އޮބްސްޓޭކަލް އާއި ފެން އަދި ފޯމު ޖެހުމުގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. ކޮންމެ ކިލޯ މީޓަރެއް ނިމޭއިރު އެކަން ފާހަގަކޮށް ހަރަކާތްތައް ކުރިއަށްދާ ސްޓޭޝަންތަކުގައި އުރީދޫގެ ޓީމުތަކާއެކު ކުޅުދުއްފުށީގެ ޖަމިއްޔާކަމުގައިވާ ހިރަފުހާއި ޒިގްޒެގް އަދި ކޮރަލްސްގެ ސްޓޭޝަން އިންޗާޖުން ހަރަކާތްތެރިވާނެ އެވެ.

ދުވުން ނިންމުމަށްފަހު މެޑަލް ޓެންޓަށް ބިބްއާއެކު ވަޑައިގަތުމުން ދުވުން ފުރިހަމަ ކުރުމުގެ މެޑަލް އެއް ކޮންމެ ރަޖިސްޓަޑް ދުވުންތެރިޔަކަށް ލިބޭނެ އެވެ. މިއީ މާލޭ ސަރަހައްދުން ބޭރުގައި ބޭއްވޭ އެންމެ ކުލަގަދަ އަދި އެންމެ އުފާވެރި އަދި އެންމެ ބޮޑު ހަރަކާތްތަކެވެ. މި ދުވުން އެސްއެސްނެޓުގެ އެސްއެސްޓީވީ އިން ވަގުތުން ދުރަށްދައްކާނެ އެވެ.


Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355