twitterviber whatsapp telegramfacebookyoutube instagram
5th December 2025

ހދ އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުުށީގައި ބައިބަލާ މުބާރާތެއް

މުޙައްމަދު އަހުމަދު
May 10, 2023

ކޫލް އިންކުން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީ ބައިބަލާ ފޯރި 1444 ގެ ނަމުގައި ބައިބަލާ މުބާރާތެއް ބާއްވަން އިއުލާންކޮށްފި އެވެ. މިމުބާރާތަކީ ހދ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިއަހަރުގެ އަލްހާ އީދާ ދިމާކޮށް ކުރިއަށްގެންދާ މިމުބާރާތުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ އެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ ގިނަވެގެން 15 ކުޅުންތެރިންނެވެ. އަދި އޭގެތެރޭގައި ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނިދާނެ އެވެ.

މުބާރާތް އިންތިޒާމުކުރާ ކޮމެޓީން ކޭއޯއަށް މައުލޫމާތުދެއްވި ގޮތުގައި މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގައި ނެތެމުންދާ މިކުޅިވަރު އަލުން ދިރުވާ ފޯރިގަދަ މުބާރާތްތަކެއް ބޭއްވުމެވެ. މީގެ ކުރިން ކުޅުދުއްފުށީގައި ބައިބަލާ މުބާރާތްތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް ބައިބަލާ މުބާރާތެއް ކުޅުދުއްފުށީގައި ފަހުގެ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ.

އަދި އިންތިޒާމު ކޮމެޓީން ބުނީ، ބައިބަލާ މުބާރާތެއް ބާއްވަން ގިނަ ފަރާތްތަކަކުން އެދިފައިވާ ކަމަށާއި މުބާރާތަށް ތަރުހީބު ވެސް ލިބެމުން އަންނަ ކަމަށެވެ. މިމުބާރާތް ކުރިއަށްދާނީ ހިއްކި ބިމުގައި އޮންނަ ސްޓޭޖް ކައިރީގަ އެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ރޭ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ބައިބަލާ ކޮމެޓީގެ ކޯޑިނޭޓަރު އަމްޖަދު ހަސަން، 7727335 އަށް ގުޅުމުން މައުލޫމާތު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355