twitterviber whatsapp telegramfacebookyoutube instagram
5th May 2024

އެމްފައިސާއިން މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރެވޭނެ

ނަބީލާ އިސްމާޢީލް
May 11, 2023

އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިން ކަމަށްވާ އެސްޓީއޯ ގުޅިގެބް އުރީދޫގެ އެމްފައިސާއިން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކައް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން، އެސްޓީއޯ ޕީޕަލް ޗޮއިސް، މާލެއިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ އެޕުން މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ދެ ކުންފުނީގެ މި ޕާޓްނަޝިޕްގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި، އަދި ހަރުދަނާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށް ކަމަށާއި އެގޮތުން އުރީދޫ އާއެކު އެމް-ފައިސާ ގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީވެސް އޭގެ އެންމެ ފުރިހަމަ މިސާލު ކަމަށެވެ. އަދި އުރީދޫއާ ގުޅިގެން ކަސްޓަމަރުންނަށް މި އާ ޕޭމަންޓް ސޮލިއުޝަން ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމް-ފައިސާ ހިދުމަތާއި އެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް އެސްޓީއޯ އިން ލިބިގެންދާނެ." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވިދާޅުވި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯ ގެ ހިދުމަތްތައްލިބޭއިރު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް ހޯދެއެވެ.

އެމް-ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއަށް މިހާރު ފައިސާ ދެއްކޭއިރު ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އެސްޓީއޯގެ އެހެން ފިހާރަތަކަށް ފުޅާކުރެވިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އެމް-ފައިސާ އަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މި ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް ދެއްކުމާއި ރާސްޓަސް ގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ވެސް ފައިސާ ދެއްކެއެވެ. އަދި އެމް-ފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އެމް-ފައިސާއިން ހިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ރަޖިސްޓަރ ކޮށްލެވޭނެއެވެ.

މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެމް-ފައިސާ އިން ވަނީ މި ބޭންކްތަކާ ގުޅިގެން ފަހިކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355