twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

މުޙައްމަދު އަހުމަދު
May 15, 2023

ހދ. ހަނިމާދޫއާއި ށ. މިލަންދޫ ހިމެނޭހެން 7 ހޮސްޕިޓަލެއް އެޅުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ. އަދި ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީ ހދ. ހަނިމާދޫއާއި ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި އަދި ވ. ފެލިދޫއާއި ތ. ވިލުފުއްޓެވެ. މިރަށްތަކުގައި އެޅުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

މީގެ ތެރެއިން ހދ. ހަނިމާދ،ޫ އދ. މާމިގިލ،ީ ވ. ފެލިދޫ އަދި ތ. ވިލުފުށީގެ ހޮސްޕިޓަލްތައް އެޅުމަށް ހަވާލުކުރީ ޑްޕްލެކްސް ޕްރައިވެޓްއާ އެވެ. އަދި ށ. މިލަންދ،ޫ ނ. ވެލިދޫ އަދި ކ. ތުލުސްދޫގެ ހޮސްޕިޓަލްތައް ހަވާލުކުރީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ އެވެ.

ހޮސްޕިޓަލްތައް އެޅުމަށް އަރާ އަގުތައް:

ހދ. ހަނިމާދޫ ހޮސްޕިޓަލް 90,512,216.05ރ

ށ. މިލަންދޫ ހޮސްޕިޓަލް 95,627,718.15ރ

ނ. ވެލިދޫ ހޮސްޕިޓަލް 95,627,718.15ރ

ކ. ތުލުސްދޫ ހޮސްޕިޓަލް 91,767,709.06ރ

އދ. މާމިގިލި ހޮސްޕިޓަލް 101,227,176.03ރ

ވ. ފެލިދޫ ހޮސްޕިޓަލް 102,049,555.63ރ

ތ. ވިލުފުށި ހޮސްޕިޓަލް 109,277,4ރ

މި ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ.

ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށްވެސް ހަމަޖެހިފައިވާކަން ހެލްތް މިނިސްޓްރީން ހާމަކުރެ އެވެ.

ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނ،ް މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވުމާއެކު ކައިރި ރަށްރަށަށް ބޭނުންވާ އޮކްސިޖަން ފުޅިސަޕްލައި ކުރުމަށްޓަކައި މިތަނުގައި އޮކްސިޖަން ޕްލާންޓެއްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓް ނިންމުމަށް ހަވާލުކުރި މުއްދަތަކީ 540 ދުވަހެވެ. އަދި މި 7 ހޮސްޕިޓަލް އެޅުމަށް ޖުމްލަ 681،089،524.22 (ހަސަތޭކަ އައްޑިހަ ހަ މިލިޔަން ދުއިސައްތަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސައުވީސް ރުފިޔާ ބާވީސް ލާރި) ކުވައިޓް ފަންޑުން ހޭދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355