twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޮކޫން ޖޯއީ އައިލެންޑަށް މުވައްޒަފުން ހޯދަން ކުޅުދުއްފުއްޓާއި ދިއްދޫގައި ޖޮބް ފެއާއެއް

ގިނަ ވަޒީފާގެ ފުރުސަތުތަކާއެކު ބާއްވާ މި ޖޮބް ފެއާ ކުޅުދުއްފުށީގައި އޮންނާނީ ޖޫންމަހުގެ 7 ވަނަ ދުވަހު. އަދި ދިއްދޫގައި އޮންނާނީ އެމަހުގެ 10 ވަނަ ދުވަހު.

މުޙައްމަދު އަހުމަދު
May 19, 2023

ދަ ކޮކޫން ކަލެކްޝަންގެ ޖޯއި އައިލެންޑް ރިސޯޓުން ކުޅުދުއްފުއްޓާއި ހއ ދިއްދޫގައި އެ ރިސޯޓްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އޯޕަންޑޭ އެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ދަ ކޮކޫން ކަލެކްޝަންގެ ޖޯއި އައިލެންޑް ރިސޯޓަކީ ދިވެހިރާއްޖެއާއި ސްރީލަންކާ އަދި ޒަންޒިބާރު ކަހަލަ ގައުމުތަކުގައި ހިންގާ ލަގްޒަރީ ރިސޯޓު ބްރޭންޑެކެވެ.

އެހެން ތަންތަނާއި ކޮކޫން ކަލެކްޝަންއާއި ހުރި ތަފާތަކީ ކޮކޫންގެ އާދަޔާހިލާފަށް ރަނގަޅު ކަންކަމާއި އެތަނުގެ ފުރިހަމަކަމެވެ. ފުރިހަމަ ހޮސްޕިޓާލިޓީއާއި ޑިޒައިނާއި ގޯމެޓް ކަޒީން އެވެ. ދަތުރު ކުރުމަށް މުޅިން އެހެން ތަޖުރިބާ އެކެވެ.

ކޮކޫންއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލަށް ޖޯއީ އައިލެންޑް ރިސޯޓު ހުޅުވާނެކަން އަންގާފަ އެވެ. ޖޯއީ އައިލެންޑާއެކު ކޮކޫންއިން ހުޅުވާލަދެނީ މުޅިން އާ ތަޖުރިބާއެއް ހޯދާލުމުގެ ފުރުސަތެވެ،

ކޮކޫންގެ މިޝަންއަކީ ހިތުގެ އަޑިން ދޭ ސްމައިލްތަކާއި ސަގާފީ ކަންކަމުން ދުނިޔޭގެ އެކި ސަރަހައްދުން މީހުން ގުޅުވާލުމާއި ދިރިއުޅުމުގެ ހާއްސަ ވަގުތުތައް ފާހަގަކުރުމާއި ދިގު މުއްދަތަކަށް ދެމިހުންނާނެ ހަނދާންތަކެއް ހެދުމާއި ސަސްޓެއިނަބަލް ކުރިމަގަކަށް ޓީމު ތަރައްގީކޮށް ލޯކަލް ކޮމިއުނިޓީތަކަށް ސަޕޯޓުކުރުމުވެ.

އަދި ރަނގަޅު ސާވިސްއެއް ދެމުންވެސް އުފާވެރި މަޖާއި ވަގުތުތަކެއް ހޭދަކޮށް އާއީޖާދުތަކާއި ވިސްނުންތައް އުފައްސާ ގެސްޓުންގެ އުއްމީދުތަކުގެ ބޭރުން އިތުރަށް ކަންކަން އަބަދުވެސް ފުރިހަމަކޮށް ގެންދިއުމެވެ.

ކޮކާލެއްގެ ސިފައިގައި ސާފު ނޫކުލައިގެ ފަޅެއްގައި ރީތި ބޮޑު ފަރެކެވެ. މިއީ ޖޯއީ އައިލެންޑް ސިފަކޮށްލެވޭނެ ގޮތެވެ. އުތުރު މާލެ އަތޮޅުގައި އޮންނަ ޖޯއި އައިލެންޑުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ސްނޯކްލިންއާއި ޑައިވިން އަދި ސާފިން ހިމެނެ އެވެ.

ކުޅުދުއްފުށީގައި އޯފަންޑޭ ޖޫން 7 ގައި ދިއްދޫގައި 10 ގައި

އެކި ވައްތަރުގެ ކުއިޒީންއާއި ހުދު ވެލި ބީޗުތަކެވެ. ވެލާނާ އެއާޕޯޓުން 40 މިނެޓުގެ ސްޕީޑް ބޯޓު ދަތުރަކުން ދެވޭ ޖޯއީ އައިލެންޑުން ވައުދުވަނީ ދިރިއުޅުމުގެ ސްޓްރެސްއިން އެއްކިބާވެ އުފާވެރި ވަގުތުތަކެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯލްކްއިން އިންޓަވިއުތައް ކުރިއަށްދާނެ އެވެ. ޖޫން 7 ވަނަ ދުވަހު ކުޅުދުއްފުށީގެ އިންޓަވިއު ކުރިއަށްދާނީ ހދ. އޭއީސީގަ އެވެ. ހެނދުނު 10 ން 1 އަށް އަދި މެންދުރު 2 ން 4 އަށް އަދި ރޭގަނޑު 8 ން 10 އަށް އިންޓަވިއުތައް ކުރިއަށް ދާނެ އެވެ.

ޖޫން 10 ވަނަ ދުވަހު ހއ. ދިއްދޫގެ އިންޓަވިއު ކުރިއަށްދާނީ ހއ. އޭއީސީގަ އެވެ. ހެންދުނު 10 ން 12 އަށް އަދި މެންދުރު 1 ން 5 އަށް އިންޓަވިއުތައް ކުރިއަށްދާނެ އެވެ. އަދި އޯޕަން ޑޭއަށް ދުރުނުވެވޭ ފަރާތްތަކުން ކޮކޫންއަށް ސީވީ ފޮނުވައިގެން ވެސް މަގާމުތަކަށް ކުރިމަތިލެވޭނެ އެވެ.

ޖޯއީ އައިލެންޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކުގެ ތެރެއިން ޖޯއީ އައިލެންޑުން ވަނީ އެކި ޑިޕާޓްމެންޓްތަކުން އެކި މަގާމުތަކަށް ހުޅުވާލާފަ އެވެ. ފުޑް އެންޑް ބެވަރޭޖްއާއި ހައުސްކީޕިންއާއި ފްރަންޓް އޮފީހާއި ކަލިނަރީ އާޓްސް އަދި ޓެލެންޓް އެންޑް ކަލްޗާއާއި ފައިނޭންސާއި ސްޕާގެ އިތުރުން އިންޖިނިއަރިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355