twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ގާޑިޔާއެޕްގެ ޓެކްސީ އަދި ޑެލިވަރީގެ ހިދުމަތް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި

May 21, 2023

ޓެކްސީ ދަތުރުތަކަށާއި، ޑެލިވަރީ ހިދުމަތްތައް ހޯދުމަށް ރާއްޖޭގައި ކުރިއަރަމުން އަންނަ ގާޑިޔާއެޕްގެ ހިދުމަތްތައް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި އެވެ. މީގެ އިތުރުން ގާޑިޔާއެޕްގެ ހިދުމަތްތައް އައްޑޫ، ފުވައްމުލައް، ގދ ތިނަދޫ އަދި ލާމަށްވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ ބޮޑު އާބާދީއަށްވެފައި، އަދި އެކިއެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ރައްޔިތުން އަރާފައިބާ ރަށަކަށް ވާތީ، މި އެޕްލިކޭޝަންގެ ސަބަބުން ޓެކްސީ ދަތުރުތަކާ އަދި ޑެލިވަރީތައް ހޯދާލަން ރައްޔިތުންނަށް ފަސޭހަވެގެން ދާނެކަމުގައި ގާޑިޔާއެޕުން މައުލޫމާތުދެއެވެ.

ގާޑިޔާއެޕުން މައުލޫމާތު ދިން ގޮތުގައި، ގާޑިޔާއެޕްގެ ހިދުމަތް ލިބޭ ރަށްތަކުން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ޑެލިވަރީއަށް ޖަހާލެވޭނެއެވެ.

އެގޮތުން ފިހާރަތަކުން ގަނެފަ ހުންނަ މުދާ ފެރީއަށް ގެންދިއުމާއި، ބޯޓުތަކުގައި ހުންނަ ހަދިޔާ ފޮށިތައް ގޭގެއަށް ގެންދިއުމަށާއި، އަދި ކާގޯއަށް މުދާ ގެންދިއުމަށްވެސް ގާޑިޔާއެޕުން ފަސޭހަކަމާއެކު ޑެލިވަރީއަށް ޖަހާލެވޭނެވެ.

ގާޑިޔާއެޕްގެ ޑްރައިވަރަކަށް ރަޖިސްޓްރީވުމަށްޓަކައި އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށް ގާޑިޔާއެޕުން މައުލޫމާތުދެއެވެ. ގާޑިޔާއެޕްގެ ހިދުމަތްތަކަކީ ރައްކާތެރި، އިތުބާރުހިފޭ އަދި އަވަސްކަމާއެކު ދެވޭ ޖިދުމަތްތަކެވެ.

ގާޑިޔާއެޕްގެ ކަސްޓަމަރ އެޕް އަދި ޑްރައިވަރ އެޕް، އެޕްސްޓޯރުންނާއި ގޫގަލް ޕްލޭއިން ޑައުންލޯޑުކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355