twitterviber whatsapp telegramfacebookyoutube instagram
26th April 2024

މުޒްނާގެ ލަނޑުތަކާއެކު ފައިވްއިން ކެޑް ބަލިކޮށްފި، ޔުނީކް ފްރެންޑްސްއަށް ވެސް މޮޅެއް!

މުޙައްމަދު އަހުމަދު
May 26, 2023

ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ރޭ މުޒްނާ (މުޒް)ގެ ލަނޑުތަކާއެކު ފައިވްއިން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް)ގެ މައްޗަށް ބޮޑު މޮޅެއް ހޯދިއިރު ޔުނީކް ފްރެންޑްސްއިން ޓައިޓަންސް ބަލިކޮށްފި އެވެ.

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ފައިވްއާ ކެޑް ބައްދަލުކުރިއިރު މިމެޗު 8 - 0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފައިވްއިންނެވެ. މެޗުގައި ފައިވްގެ މުޒްގެ 5 ގޯލު ފެނިގެންދިޔަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މުޒްގެ ފަރާތުން މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ފައިވްގެ އަނެއް ދެގޯލަކީ ފައިވްގެ ޖޯޒީ ނަމްބަރު 25 އަމިން ކާމިޔާބުކޮށްދިން ދެ ގޯލެވެ. އެޓީމުގެ އަނެއް ލަނޑަކީ ކެޑުގެ މަރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗަކީ އަދި މިހާތަނަށް މިމުބާރާތުގައި ފެނިގެންދިޔަ އެންމެ ފަރަގު ބޮޑު މެޗެވެ.

ރޭ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓައިޓަންސްއާއި ޔުނީކް ފްރެންޑްސް އެވެ. ފޯރިގަދަ މެޗެއްގެ ގޮތުގައި ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މުޅިމެޗުގައި ވެސް ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މިމެޗު 1 - 0 ން ކާމިޔާބުކުރީ ޔުނީކް ފްރެންޑްސްއިންނެވެ. ފޯރިގަދަ މިމެޗުގައި ޓައިޓަންސްގެ މެނޭޖަރު މުހައްމަދު އާދަމް (ޓޮޓީ)އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ކުޅުންތެރިންގެ ފަރާތުން ފިޒިކަލް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ޔުނީކް ފްރެންޑްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗު ނިމެން 3 ވަރަކަށް މިނެޓަށް ވެފައިވަނީ އެޓީމު ޖޯޒީ ނަމްބަރު 19 ސާއިދާ ހަސަން (ޝާއި) އެވެ. މިއީ ކޯނަރަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.

މުބާރާތުގައި މިރޭ ވެސް ދެމެޗު ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި މިރޭ 08:30 ގައި ފައިވްއިން ނުކުންނާނީ މަންތާއާ ދެކޮޅަށެވެ. އަދި 09:30 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ޓައިޓަންސްއާއި ބީއެސްއޭ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355