twitterviber whatsapp telegramfacebookyoutube instagram
18th October 2024

އީދުގައި ބާއްވާ ސްކައި ބީޗް ޗެލެންޖްގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jun 2, 2024

ބޮޑު އީދާ ދިމާކޮށް ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އާއި ހިރަފުސް ސްޕޯޓް ކުލަބުން އިިންތިޒާމުކޮށްގެން ބާއްވާ ސްކައި ބީޗް ޗެލެންޖްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ހަމައެކަނި ފިރިހެނުންނަށް ހާއްސަކޮށް ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

އިއްޔެ ހުޅުވާލި މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ. މުބާރާތުގައި ބައިވެރިވުމަށް ޓީމަކުން 1000 ރުފިޔާގެ ޗަންދާއެއް ދައްކަން ޖެހެއެވެ.

ހިރަފުސް ސްޕޯޓް ކުލަބުން ބުނީ މި މުބާރާތް ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމް ހުޅައަޅާ 16 ޓީމަށް ކަމަށާއި ރަޖިސްޓްރީ ފޯމް ހުށައަޅާނި އެކަމަށް ހަމަޖެހިފައިވާ އޮންލައިން ފޯމުންކަމަށެވެ.

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަށް:

އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާ
އެންމެ މޮޅު 5 ކުޅުންތެރިން
ބީޗް ފުޓްބޯލް ކިންގު
ކޮންމެ މެޗެއްގެ މޭން އޮފްދަ މެޗް
ޗެމްޕިއަން ޓީމް
ރަނަރއަޕް ޓީމް

ޗެމްޕިއަންޓީމަށާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމު ހުށާހެޅިފައިވާ މިމުބާރާތުގައި ބައިވެރިވާ ޓީމެއްގައި ގިނަވެގެން ތިބެވޭނީ 10 ކުޅުންތެރިންނާއި 2 އޮފިސަލުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355