twitterviber whatsapp telegramfacebookyoutube instagram
21st May 2024

އަޕާ ނޯތު ޕޮލިސް ކޮމާންޑަރަށް ބޮޑެތި ތުހުމަތުތަކެއްކޮށް ކުޅުދުއްފުށީ ސްޓޭޝަނަށް ލިޔުމެއް އަޅައިފި

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ތެރެއަށް އެޅި ލިޔުމުގައި ރަށްރަށުގެ މެދުގައި އިންތިހާއަށް ތަފާތުކުރުން ގެންގުޅޭކަމަށް ބުނެފައިވޭ. އަދި އޭގެ އިތުރުން ކޮމާންޑަރު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައިވޭ.

އަބްދުލް ވާހިދު ޙަސަން
May 26, 2023
8

އަޕާ ނޯތު ޕޮލިސް ރީޖަންގެ ކޮމާންޑަރު ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމު ރީޖަންގެ ރަށްރަށުގެ މެދުގައި އިންތިހާއަށް ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ އަޕާ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު ހުންނަވާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ތެރެއަށް ލިއުމެއް އަޅައިފި އެވެ.

އަޕާ ނޯތު ޕޮލިސް ރީޖަންގެ އެންމެ އިސް އިދާރާގެ ތެރެއަށް މި ލިޔުން އަޅާފައިވަނީ މިދިޔަ ހަފުތާތެރޭގަ އެވެ. މި ލިއުމުގެ ކޮޕީއެއް ކޭއޯއަށްވެސް ލިބިފައިވާއިރު ސްޓޭޝަން ތެރެއަށް އެޅީ މީގެ ކިތަށް ލިޔުންކަމެއް ވަނީ ސާފެއް ނުވެ އެވެ.

މި ލިޔުމުގައި ބުނެފައިވަނީ، ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމުން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެ ފަސް ބަޔަކަށް ބަހާ އެތަނުން ކޮންމެ ބަޔަކީ ރީޖަންއެއް ކަނޑައަޅާ ކޮންމެ ރީޖަންގެ ކޮމާންޑަރަކަށް ޗީފް އެސްޕީ ފެންވަރުގެ ވެރިއެއް ހުންނަ ޖެހޭ ކަމަށް ގާނޫނޫގައި އޮތުމުން ކަމަށެވެ.

އެހެންވުމުން އެ ފުލުހުން އުންމީދުކޮށްގެން ތިއްބެވީ މަތީގެ ރޭންކެއްގެ ފުލުހެއްގެ ވެރިއެއްގެ ވަޑައިގެން ރީޖަންގައި ހުރި މައްސަލަތައް ހައްލުކޮށް، ރީޖަން ވަރަށް ބޮޑަށް ކޮޅަށް ޖަހާނެ ކަމަށެވެ.

" ނަމަވެސް އަޅުގަނޑުމެން އުންމީދުކުރި ކަހަލަ މީހެއް ނޫން ޝިހާމަކީ. އުންމީދުތަކާ ގާތަށްވެސް މަސައްކަތް ކުރެވޭ ލެވެލްގެ މީހެއްވެސް ނޫންނެވެ. ކަލޭގެ ސަބަބުން މި ރީޖަން މިދިޔައީ ދުވަހަކު ނުދާ ވަރަށް ފަހަތަށެވެ." ޕޮލިސް ސްޓޭޝަނަށް އެޅި ލިޔުމުގައިވެ އެވެ.

ކުޅުދުއްފުއްޓަށް ސިޓީ ކޮމާންޑަރެއް ކަނޑައަޅާފައި ހުންނަވާއިރު އޭނާގެ މަސްއޫލިއްޔަތުގެ ތެރެއަށް ޝިހާމު ވަދެ އެ ސްޓޭޝަންގެ ސިޕްޓްތަކުގައި ތިބެންވީ ފަރާތްތަކުންވެސް ކަނޑައަޅަނީ ޝިހާމު ކަމަށެވެ. އަދި ޝިހާމުއާ ހަވާލުކުރެއްވި ޒިންމާ ހަނދާކޮށްދެމުން ލިޔުމުގައި ބުނެފައިވަނީ އަޕާ ނޯތު ކޮމާންޑަރުގެ ޒިންމާއަކީ މި ތިން އަތޮޅުގެ ފުލުހުންގެ ކަންކަން ހަމަހަމަކަމާއެކު ކުރުން ކަމަށެވެ.

އެކަމަކު އެކަން ގޮތަށް ނުކުރާކަން ފާހަގަކޮށް ލިޔުމުގައި ބުނެފައިވަނީ ރީޖަންގެ ބައެއް ރަށްރަށުގެ އާބާދީ އާއި ކުށުވެއްޓަށް ނުބަލާ ބައެއް ރަށްރަށުގައި ގިނަ ފުލުހުން ބަހައްޓާފައި ތިބޭއިރު ނޮޅިވަރަމު ކަހަލަ އާބާދީ ބޮޑު އަދި ކުށް ގިނަ ރަށްރަށުގައި ބައިތިއްބާފައި ތިބެނީ ވަރަށް މަދު ފުލުހުން ކަމަށާއި މިކަންކަން ކޮމާންޑަރަށް އެނގިވަޑައިގަންވާތޯވެސް ސުވާލުކޮށްފައިވެ އެވެ. އަދި އެފަދަ މައްސަލަތައް ހަމައަކަށް އެޅުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަވަން ޖެހެނީ ކޮމާންޑަރު ނޫންތޯވެސް ސުވާލުކޮށްފައިވެ އެވެ.

ކޮމާންޑަރު ޝިހާމު ގިނަ ދުވަސްތަކުގައި ރީޖަންގައި ނޫޅުއްވާ ކަމަށާއި ގިނަ ދުވަސްތަކުގައި ހުންނަވަނީ މާލޭގައި ނުވަތަ ޗުއްޓީގައި ކަމަށެވެ. އަދި މި ރީޖަންގެ ރަށްތަކަށް ދިޔައީ ކިތަށް ފަހަރުތޯ އާއި ރީޖަންގެ ރަށްތަކަށް އެނގިވަޑައިނުގަންވާކަމަށްވެސް ލިޔުމުގައިވެ އެވެ. ރީޖަންގައި ހުންނަވާ ދުވަސްތަކުގައި ކޮމާންޑަރުގެ މަސައްކަތަކަށްވެފައިވަނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންގެ މުރާދު ދަށްކޮށްލުމާއި "ބަލާބޮޑު" ކުރުން ކަމަށްވެސް ބުނެފައިވެ އެވެ.

"މިތަނަށް އައިސް ދެ އަހަރުގެ ޓާމް ނިމެން ކައިރިވީމަ މުޅި ތަން ހަލާލުކޮށްލަން ނޫޅޭށެވެ. މިތަން މިއޮތް ހާލަށް ބާއްވާށެވެ. ކަލޭ ތިޔަ ހާވާ ހަޑި ފިލުވަން ޖެހޭނީ މިތާ މިތިބޭ ކުދިންނެވެ. ކަލޭ ފުލުސް އޮފީހަށް ވެއްދީ ކާކުބާއޭވެސް ހިތަށް އަރަ އެވެ. ނާރަންވީ ސަބަބެއްވެސް ނެތެވެ. ކަލެއަކީ މިތަނަށް ކުފޫ ހަމަވާ މީހެއް ނޫނެވެ."

ލިޔުން ނިންމާލަމުން ކޮމާންޑަރަށް ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައިވެ އެވެ. އަދި އެ "ގަތްގަނޑުގެ" ވާހަކަ ލިޔަންވެސް އެބަހުރި ކަމަށާއި ވީމާ މިތަނުގެ ކުދިންނާ ނުކުޅި މައިތިރިވެގެން ހުންނަ ކޮމާންޑަރަށް އަންގާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355