twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫ ހަދިޔާ ފޮށީގެ ސްކޫޕީ ސައިކަލު ހަވާލުކޮށްފި

May 28, 2023

މިދިޔަ ރޯދަމަހު އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ދިޔަ "ހަދިޔާ ފޮށި" ގޭމުން ސައިކަލު ލިބުނު ނަސީބވެރިޔާއަށް ސައިކަލު ހަވާލުކޮށްފި އެވެ. ސައިކަލް ހަވާލު ކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އުރީދޫ ހަދިޔާ ފޮށި ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

އަގުހުރި އެތައް އިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ހަދިޔާ ފޮއްޓަކީ ކަސްޓަމަރުންނަން ކަމުދިޔަ ޕްރޮމޯޝަނަކަށް ވީ ކަމަށް އުންމީދު ކުރައްވާ ކަމަށް އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެެވެ. އަދި ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނު ކަން ފާހަގަކުރެއްވި އެވެ.

އުރީދޫން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގައި އެ ކުންފުނީގެ 75 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުން ބައިވެރިވި އެވެ.

"ހަދިޔާ ފޮށީ"ގައި 14 ޕްރޯގެ ދެ ފޯނާއި އެއާ ޕޮޑްސް، އެއާ ޓެގްސް، ސްމާޓް ޓީިވީ އަދި ހޯޯމް އިމްޕްރޫވްމަންޓަށް ބޭނުންވާ އަގުހުރި ޕްރޮޑަކްޓުތައް ވަނީ ދީފަ އެވެ. ހޮންޑާ ސްކޫޕީ ސައިކަލަކީ އުރީދޫ ހަދިޔާ ފޮށީގެ އެންމެ ބޮޑު އިނާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355