twitterviber whatsapp telegramfacebookyoutube instagram
7th October 2026

ފްލެމިންގޯއަށް ޔުނީކް ފްރެންޑްސް އަތުން އުދަނގޫ މޮޅެއް

މުޙައްމަދު އަހުމަދު
May 28, 2023

ހިރަފުހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިބްކޯ ކަނބުލޮ ފުޓްސަލް ޗެލެންޖްގައި ރޭ ފްލެމިންގޯއިން ޔުނީކް ފްރެންޑްސްގެ މައްޗަށް އުދަނގޫ މޮޅެއް ހޯދައިފި އެވެ.

ރޭގެ ފުރަތަމަ މެޗުގައި ފްލެމިންގޯއިން ޔުނީކް ފްރެންޑްސްއާ ދެކޮޅަށް ނުކުތްއިރު މިމެޗު ފްލެމިންގޯއިން ކާމިޔާބުކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފައްދާފަ އެވެ.

ފްލެމިންގޯއިން މެޗުގެ ކުރީކޮޅު ލީޑު ނެގި އެވެ. 6 ވަނަ މިނެޓުގައި ފްލެމިންގޯއަށް ލީޑު ނަގައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 7 ފާތިމަތު ނިހާދާ (އެންވައި) އެވެ. މެޗުގައި ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކިއިރު ޔުނީކް ފްރެންޑްސްއިން ވަނީ ފްލެމިންގޯގެ ލަނޑަށް ފަހު ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފަ އެވެ.

ރަނގަޅު ހަމަލާތަކެއް އުފެއްދި ކަމުގައިވީ ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ފްލެމިންގޯއިން 1 - 0 ން މެޗު ކާމިޔާބުކުރިއިރު މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ފްލެމިންގޯގެ ކެޕްޓަން ރަމްޒިއްޔާ އުސްމާން (ރަމް) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293