ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް އުރީދޫގެ މޫލީ އިން މިއަދު މޫލީ "އެންމެ އަގު ހެޔޮ ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން މަގުބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، 80 ޕަސަންޓާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ އެވެ.
މި ސޭލްގައި ކަސްޓަމަރުންނަށް މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ކޮންމެ ތާކުން، ކޮންމެ ވަގުތަކުވެސް ގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްލެވެ އެވެ.
މިއަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އައިފޯން، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީގެ އިތުރުން ވާވޭގެ މަގުބޫލު ފޯނުތައް ގަނެވެ އެވެ.
ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ވެބްސައިޓް އަދި އުރީދޫ އެޕްގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ފެންނާނެ އެވެ.
މި ސޭލަކީ ފޯނު، އެއާޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކޮށްލަން ބޭނުންވާ މީހުންނަށްވެސް ރަނުގެ ފުރުސަތެކެވެ. މި ސޭލް މެދުވެރިކޮށް ވިޔަފާރިކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީ ބޭނުންކުރެވެ އެވެ.
ފުޅާވަމުން އަންނަ އަދި އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް -- މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއަންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއެކު އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީ އިން ފޯރުކޮށްދެ އެވެ.
މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ. މި ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު މޫލީ މެދުވެރިކޮށް ވަނީ ފަހިވެފަ އެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިން ވަނީ އެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު މި ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.