twitterviber whatsapp telegramfacebookyoutube instagram
26th April 2024

ތުރުކީގެ ރިޔާސީ އިންތިހާބު އުރުދުޣާން ކާމިޔާބު ކުރައްވައިފި

ނަބީލާ އިސްމާޢީލް
May 29, 2023

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރައީސްކަމުގެ ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންފިކަން އެ ގައުމުގެ ސްޕްރީމް އިލެކްޝަން ކައުންސިލުން އިއުލާންކޮށްފި އެވެ. ދެވަނަ ބުރުގައި އުރުދުޣާން އިންތިހާބު ކާމިޔާބުކުރައްވާފައި މިވަނީ އިދިކޮޅަށް ވުރެ 2.2 މިލިއަން ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.

ތުރުކީގައި އިއްޔެ އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ 98.06 އިންސައްތަ ވޯޓު ގުނައި ނިމިފައިވާއިރު އެ އިންތިހާބު، މިހާރު ވެސް އެ ގައުމުގެ ރައީސް، އުރުދުޣާން ކާމިޔާބުކުރެއްވީ 52.12 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ކަމާލް ކެލަސްޖެރޮގްލޫއަށް ލިބިވަޑައިގަތީ 47.88 އިންސައްތަ ވޯޓެވެ.

ތުރުކީގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހު 14 ގައި އޮތް ފުރަތަމަ ބުރުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓް ލިބިވަޑައި ނުގަތުމުންނެވެ.

އެ ބުރުގައި އުރުދުޣާންއަށް ވޯޓުގެ 49.51 އިންސައްތަ ލިބިވަޑައިގެންނެވިއިރު އިދިކޮޅު މައި ލީޑަރު ކަމާލް ކެލަސްޖެރޮގްލޫއަށް ލިބިވަޑައިގަތީ ވޯޓުގެ 44.81 އިންސައްތައެވެ. ތިންވަނައަށް ދިޔަ ސިނާން އޮޣާން އަށް ލިބިވަޑައިގަތީ ވޯޓުގެ 5.25 އިންސައްތައެވެ.

ދެވަނަ ބުރު ކާމިޔާބުކުރުމުގެ ފުރުސަތު އުރުދުޣާންއަށް އިތުރަށް ބޮޑުވެގެން ދިޔައީ ތިންވަނައަށް ދިޔަ ސިނާން އޮޣާން ދެވަނަބުރުގައި އުރުދުޣާން އަށް ތާއީދުކުރަން ނިންމެވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355