twitterviber whatsapp telegramfacebookyoutube instagram
7th June 2025
ADVERTISEMENT
ކައުންސިލަރު މުހައްމަދު މިއަދު ވިދާޅުވީ، ސަރުކާރުން ކުޅުދުއްފުއްޓަށް 20 އަށްވުރެ ގިނަ ވައުދުވެފައިވާއިރު އޭގެ ތެރެއިން އެންމެ 3 ވައުދުވެސް ނިންމާލެވިފައިނުވާކަމަށް--ކޭއޯފޮޓޯ

ސަރުކާރުން ކުޅުދުއްފުއްޓަށް 20 އަށްވުރެގިނަ ވައުދުވި، 3 ވައުދުވެސް ނިންމާނުލެވުނު: މުހައްމަދު

އަބްދުލް ވާހިދު ޙަސަން
May 31, 2023
3

ކުޅުދުއްފުށީގެ ތަރައްގީއަށް މިސަރުކާރުން 20 އަށްވުރެ ގިނަ ވައުދުވެފައިވާއިރު އޭގެ ތެރެއިން އެންމެ 3 ވައުދުވެސް ފުއްދައިދެވިފައިނުވާކަމަށް ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު (ފޯއްޅެ) ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލްގައި މިއަދު އޮތް އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ ސަރުކާރެއް ގެނެސް، ސަރުކާރަށް ނިސްބަތްވާ ދެ މެމްބަރުން މަޖިލީހަށް އިންތިހާބުކޮށް، ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ރައްޔިތުން ދިނީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށެވެ.

"އެހެންނަމަވެސް ސަރުކާރުން އަޅުގަނޑުމެންނަށް އެންމެ އެދެވޭ ގޮތަކަށް އަޅައެއް ނުލި. ކުޅުދުއްފުށި ވަރަށް ބޮޑަށް ބާކީކޮށްލިތަން މި ފެނުނީ ސަރުކާރުން." އުތުރު ދާއިރާގެ ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކައިރީވީމަ އަނެއްކާވެސް ސަރުކާރުގެ ބޭފުޅުން ރަށަށް ވަޑައިގެން ހޮޅި ވައުދުތަކެއްވެ ރައްޔިތުން ގުނބޯ ހައްދައިގެން ވޯޓް ލިބޭނެކަމަށް ގަބޫލުކުރުމަކީ މޮޔަ ހިޔާލެއް ކަމަށެވެ.

ފާއިތުވެދިޔަ މާޒީގައި ފަސްވެރިކަމެއް ފެނިގެންގޮސްފައިވާކަން ފާހަގަކުރައްވަމުން މުހައްމަދު ވިދާޅުވީ، 2008 ވަނަ އަހަރު އިންތިހާބުވި އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދިން ކަމަށެވެ.

އަދި އެ ވެރިކަމަކީ ރައްޔިތުންނާ ގާތުން ވަކިން ހާއްސަ ގޮތެއްގައި ކުޅުދުއްފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި ސަރުކާރެއްކަން މުހައްމަދު ފާހަގަކުރެއްވި އެވެ. އެގޮތުން ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމާއި ފަޅު ހިއްކުމާއި ހައުސިންގ މަޝްރޫއުތައްފަދަ ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި އެވެ.

ނަން
ކޮމެންޓް
ހަޒަން އިއްބެ
ސަރުކާރު ކުރިކަމަކީ ޖީސީއޯލެވެލް ނުހަދާ ހުރި މީހަކަށް އިބޫ ސަރުކާރުގެ ޕާޓީ 30،000 ރުފިޔާ ލިބޭ މަގާމެއް ދިނުން.
އެކަކު
އަދިތަ އެކަންތި މޭރުންވީ މާލަސްވެއްޖެ ސޮރީ ގޯ ހޯމް
އަޙްމަދު ސާޖިދު
ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ކުޅުދުއްފުއްޓަށް އަހައްމިއްޔަތުކަން ދިން. އެންމެ ކުޑަމިނުން ވަހީދުގެ ދެއަހަރުގައި ވެސް ކުޅުދުއްފުއްޓަށް ވަޑައިގެން ކަމެއް ވޭތޯ ބެއްލެވި. އިބޫގެ ފަސް އަހަރު ވީއިރު ކުޅުދުއްފުށީ ފަސްގަނޑުގައި ފައިންޕުޅު ބީއްސެވީވެސް ފައްޔާޒު ކެންޕޭނުގައި ދެތިން ގަޑިއިރަށް. އެކަމަކު ތިލަދުންމައްޗަށް އެތައް ފަހަރަކު ވަޑައިގެންފި. ކުޅުދުއްފުއްށި އެއީ ފަސްގަނޑެއްގެ ގޮތުން އެހެން ރަށްރަށަށް ވުރެ މުހިއްމުވަނީއެއް ނޫން. އެކަމަކު މުޅި ތިލަދުންމަތީ އާބާދީގެ ދެބަައިކުޅަ އެއްބަޔަކީ ކުޅުދުއްފުށިކަމަށް ވާއިރު އެމީހުންގެ މަގުތަކާ ގެދޮރުގެ މައްސަލަ އެހެން ތާކަށް ވުރެ ބޮޑުވާނެކަން ނުދަންނަ ވެރިއަކީ ރައްޔިތުންނަށް ހެވެއް އެދޭނެ މީހެއް ނޫން.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com