twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކޭއާރުއެޗަށް އަދި ހދ ގެ ބައެއް ސިއްހީ މަރުކަޒުތަކަށް ދިވެހި ޑޮކްޓަރުން ހޯދަނީ

- ކުޅުދުއްފުށީ ހޮސްޕިޓަލަށް ހާއްސަ ބަލިތަކުގެ 12 ޑޮކްޓަރަކާއި އާންމު ބަލިތަކުގެ ދެ ޑޮކްޓަރަކު ހޯދަން އިއުލާނުކޮށްފައިވާއިރު ހދ ގެ ފަސް ރަށެއްގެ ސިއްހީ މަރުކަޒުތަކަށް އާންމު ބަލިތަކުގެ ޑޮކްޓަރުން ހޯދަންވެސް އިއުލާނުކޮށްފައިވޭ.

އަބްދުލް ވާހިދު ޙަސަން
Jun 7, 2023

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ. މިއީ ބިދޭސީން ތިބި މަގާމުތަކަށް ދިވެހިން ހޯދުމަށް ކުރި އިއުލާނެކެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 12 ސްޕެސިއަލިސްޓް މެޑިކަލް ޕްރެޖްޓިޝަނާ އާއި 2 މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާންކޮށްފައިވެ އެވެ. އަދި ނައިވާދޫ، ހަނިމާދޫ، ވައިކަރަދޫ، ނޮޅިވަރަމު އަދި ހިރިމަރަދޫ ސިއްހީ މަރުކަޒަށް ކޮންމެ މަރުކަޒަކަށް މެޑިކަލް އޮފިސަރެއް ހޯދުމަށް އިއުލާނުގައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހޯދާ ސްޕެސިއަލިސްޓް މެޑިކަލް ޕްރެކްޓިޝަނާއި އަދަދު:

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން އީ.އެން.ޓީ - 1

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން އޯތޮޕީޑިޝަން - 3

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން އެނެސްތީސިއޮލޮޖީ - 1

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ - 2

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން ސަރޖަރީ - 2

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން އޯރަލް އެންޑް މެކްސިލޯފޭޝަލް ސަރޖަރީ - 1

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން ޕެތެލޮޖީ - 1

- ސްޕެޝަލިސްޓް ރެޖިސްޓްރަރ އިން ސައިކެޓްރީ - 1

އަސާސީ މުސާރައިގެ ގޮތުގައި 26،231 ރުފިޔާ އާއި މަގާމުގެ އެލަވަންސްްގެ ގޮތުގައި 15،023 ރުފިޔާ އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 407 ރުފިޔާގެ އިނާޔަތް ލިބިގެންދާނެ އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެ އެވެ.

މެޑިކަލް އޮފިސަރުންގެ އަސާސީ މުސާރައަކީ 18،129 ރުފިޔާ އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 10،382 ރުފިޔާ އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 281 ރުފިޔާގެ އިނާޔަތެއް ލިބޭނެ އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ހަމަޖެހޭނެ އެވެ

މި މަގާމުތަކަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފޯމު 14 ޖޫން 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން އިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށާއި ހެލްތު ސެންޓަރުތަކަށް ހުށަހަޅަން ޖެހެ އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.



އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލާމާތު 6521661 ގުޅުމުން ސާފުވާނެ އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355