twitterviber whatsapp telegramfacebookyoutube instagram
1st May 2024

ހަނިމާދޫއާއި ނޮޅިވަރަންފަރުގެ ކުރިމަތިލުން އެއްވަރުވެ، އުދަނގޫ ހާލަތަކަށް

މުޙައްމަދު އަހުމަދު
Jun 9, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި އިްޔެ ހަވީރު ކުޅެވުނު މެޗުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް އެއްވަރު އުދަނގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.

އިއްޔެ ހަނިމާދޫއާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. މިއަދު ދެޓީމުން ވެސް މެޗަށް ނުކުތްއިރު ދެޓީމަށް ވެސް އޮތީ މޮޅުވާން މުހިންމުވެފަ އެވެ. ހަނިމާދޫއިން ފުރަތަމަ މެޗުގައި ޒިގްޒެގް އަތުން ބަލިވިއިރު ނޮޅިވަރަންފަރު ވަނީ މާއްޓޭ ސްޕޯޓްސްއާ އެއްވަރުވެފަ އެވެ.

މިމެޗަށްފަހު ނޮޅިވަރަންފަރު އޮތީ 2 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނައިގަ އެވެ. އަދި އެއް ޕޮއިންޓާއެކު ހަނިމާދޫ އޮތީ ގްރޫޕުގެ 3 ވަނައިގަ އެވެ. ގްރޫޕުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ޒިގްޒެގް އޮތްއިރު 4 ވަނައިގައި 1 ޕޮއިންޓާއެކު އޮތީ މާއްޓޭ ސްޕޯޓްސް އެވެ.

އިއްޔެގެ މެޗުގައި ފޯރިގަދަ އަދި ވަރުގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހަނިމާދޫއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 11 އާލިފް އިބްރާހިމް އެވެ. ހަނިމާދޫއިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެ އެވެ.

ދެވަނަ ހާފު ކުޅުން ރަނގަޅުކޮށްގެން ނޮޅިވަރަންފަރުން ނުކުމެ ދެވަނަ ހާފު ފެށިގެން ދެމިނެޓުތެރޭ ލިބުނު ހިލޭޖެހުމަކުން ލަނޑު ޖަހާ މުހައްމަދު ރިޔާޒް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބުނު ނަމަވެސް މެޗު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ.

މުބާރާތުގައި މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ނައިވާދޫ ޓްރެއިނާސް ކުލަބާއި ކުލަބް ހުވާސް އެވެ. މިމެޗު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. މެޗު ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355