twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބޮޑު ތަފާތަކުން މާއްޓޭ ސްޕޯޓްސް ބަލިކޮށް ހަނިމާދޫ ސެމީއަށް

މުޙައްމަދު އަހުމަދު
Jun 12, 2023

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް އޭގެ ފަހު މެޗުގައި ބޮޑު ތަފާތަކުން މާއްޓޭ ސްޕޯޓްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު 5 - 1 ން މާއްޓޭ ސްޕޯޓްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފި އެވެ. މިމެޗުގައި ހަނިމާދޫއިން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ މެޗު ޑޮމިނޭޓްކޮށްފަ އެވެ.

މިއާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މިވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗު ކާމިޔާބު 1 މެޗު އެއްވަރުކޮށް އަދި 1 މެޗުން ބަލިވެ 4 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. އިއްޔެ ނޮޅިވަރަންފަރު ބަލިކޮށް ޒިގްޒެގުން 9 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ހޯދި އެވެ.

ރޭގެ މެޗުގައި ހަނިމާދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ހުސެއިން ދެލަނޑާއި އަހްމަދު ޒަޔާން އަދި މުހައްމަދު ހާލިދު ލަނޑެކެވެ. އަދި އެޓީމު އަނެއް ލަނޑަކީ މާއްޓޭގެ ޝަފްރާހް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާއްޓޭ ސްޕޯޓްސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ހުސެއިން އަބްދުﷲ ރަޝީދު (ބިގޭ) އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަނިމާދޫގެ ޖޯޒީ ނަމްބަރު 12 އަލީ ހުސެއިން އެވެ. މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅެވޭނެ އެވެ. މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ހުވާސްއާއި ހިރަފުސް ސްޕޯޓްސް ކުލަބެވެ. މިމެޗު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ. މާދަމާ މެޗުން މޮޅުވުން ދެޓީމަށް ވެސް މުބާރާތުގައި ކުރިއަށްދިއުމަށް މަޖުބޫރު ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355