twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުން: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Jun 15, 2023
1

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހައުންސިންގ މަޝްރޫއެއް ކުރިއަށްދާނެ ބަޔަކު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ކުޅުދުއްފުށީ މޭޔަރު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުޅުދުއްފުށީގައި ހައުންސިންގ އަޅާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތަކެއްވެސް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އެންމެ އަލިމަގެއް މިއަދާ ހިސާބަށް ފެނިފައިވާނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅޭ ގޮތުން ސިޓީ ކައުންސިލަށް ކުރެވި، އަދި ކުރެވެމުންދާ މަސައްކަތަކާ ބެހޭ ގޮތުން މޭޔަރު ވިދާޅުވީ، ގިނަ އަހަރުތަކެއް ވަންދެން ނުހެދި ދޫކޮށްލާފައިހުރި 105 ރޯހައުސް ސަރުކަރާ ވާހަކަދައްކައިގެން މަރާމާތުކުރެވި، މިހާރު އެތަންތަނުގައި މީހުން ދިރިއުޅެމުންދާކަން ފާހަގަކުރެއްވި އެވެ.

އަދި ހަމައެއާއެކު ސަރުކާރާ ވާހަކަދައްކައިގެން ދައުލަތުގެ ބަޖެޓުން 400 ހައުންސިންގ ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި ވެމްކޯއާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355