twitterviber whatsapp telegramfacebookyoutube instagram
13th June 2026

ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލްގައި ފިހާރައެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jun 15, 2023

ކުޅުދުއްފުށީގައި ހުންނަ އާރުޓީއެލް ފެރީ ޓާމިނަލް ތެރޭގައި ފިހާރައެއް ހުޅުވައިފި އެވެ. މާކަނާ ޝޮޕްގެ ނަމުގައި ހުޅުވި މި ފިހާރައިގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއި ކޮސްމެޓިކްގެ ބާވަތްތައް ލިބެން ހުރެ އެވެ.

މިތަނުގައި ފިހާރައެއް ހުޅުވިގެން ދިޔުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ޓާމިނަލް ބޭނުންކުރާ އެތައް ސަތޭކަ ރައްޔިތުންނަށާއި އެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 7:30 - 18:00 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355