twitterviber whatsapp telegramfacebookyoutube instagram
20th August 2025

ހުވާސް ބަލިކޮށް، ޒިގްޒެގުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުޙައްމަދު އަހުމަދު
Jun 17, 2023
2

ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ކުލަބް ހުވާސް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު ސެމީގައި ޒިގްޒެގުން ކުލަބް ހުވާސް ބަލިކުރީ 3 - 1 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޒިގްޒެގުންނެވެ. މެޗުގެ 1 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ބޭރު ފޯވާޑް ޕްރިންސް ބޯޑު އެވެ. އޭގެ އިރުކޮޅެއްފަހުން މާއްދު އަދުނާން ހުވާސްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒިގްޒެގުން ވަނީ ހިލޭ ޖެހުމަކުން ލަނޑު ޖަހާ އަލުން ލީޑު ނަގާފަ އެވެ. މިލަނޑު 26 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ބޭރު ޑިފެންޑަރު އެރިޕޭޑް ޖެރީ އޮމްބެލޭ އެވެ. ފުރަތަމަ ހާފު ނިމުނީ 2 - 1 ން ޒިގްޒެގް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ދެޓީމުން މޮޅު ކުޅުމެއް ދެއްކިއިރު ޒިގްޒެގުގެ 3 ވަނަ ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޕްރިންސް ބޯޑު އެވެ. ބޯޑުގެ ދެލަނޑުން ޒިގްޒެގް ފައިނަލަށް ދަަތުރުކުރިއިރު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.

މުބާރާތުގެ ދެވަނަ ސެމީގައި މާދަމާ ހަވީރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނުކުންނާނީ ކުލަބް ކޮރަލްސްއާ ދެކޮޅަށެވެ. މިމެޗު ކުރިއަށްދާނީ މާދަމާ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355