twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށީގައި ފަށާ މަޝްރޫއުތަކެއް ދުވަހަކުވެސް ނުއެއް ނިމޭ: ޖާބިރު

ނަބީލާ އިސްމާޢީލް
Jun 17, 2023
1

ކުޅުދުއްފުށީގައި ގިނަ މަޝްރޫއުތަކެއް ފެށިފައި ހުރި ނަމަވެސް އެ މަޝްރޫއުތަކެއް "ދުވަހަކުވެސް ނުއެއްނިމޭ" ކަމަށާއި އެރަށަށް ބޭނުންވަނީ މަޝްރޫއުތައް ނިންމަން ރަނގަޅު ސްޕީޑެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖެ ޓީވިގެ އިއްޔެ ފަށާއިރު ޕްރޮގުރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. މި އިންޓަވިއުގައި ޖާބިރު ވިދާޅުވީ ކުޅުދުއްފުށީ ކަހަލަ ބޮޑު ސިޓީއަކަށް ދޭންވާ އަހަމިޔަތުކަން ސަރުކާރުން ނުދޭކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާއަކީ އެ ރަށުގެ އިގުތިސޯދު ދަށްކަމަށާއި އުމުރާނީ ތަރައްގީވެސް ދަށްކަމުގެ ޝަކުވާއެވެ. ކުޅުދުއްފުށީ ކަހަލަ ބޮޑު ސިޓީއަކަށް ދޭންވާ އަހަމިއްޔަތުކަން ސަރުކާރުން ނުދޭ ކަމުގެ ޝަކުވާކަމަށެވެ.

ކުޅުދުއްފުއްޓަށް ތަރައްގީއައުންވެސް ދަށްކަމަށާއި ބޮޑެތި ޕްރޮޖެކްޓްތައް ހިނގި ނަމަވެސް އެރަށުގެ ރައްޔިތުން އެދޭ ސްޕީޑް ނެތް ކަމަށެވެ.

"އެހެންވީމަ އެ ސްޕީޑް ސަރުކާރުން ހިއްލާލާށޭ، ހިއްލާލާނޭ، އަޅުގަނޑު މި ޕްރޮގުރާމް މެދުވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން މި އެދެނީ ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި ހާއްސަ އަހަމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް، އަދި ކުޅުދުއްފުއްޓާ ކައިރީގަ އޮންނަ ރަށްރަށް ކުޅުދުއްފުށީގެ ބަނދަރު ދުވަހަކު ނުއެއް ނިމޭ ކުޅުދުއްފުށީގައި އަބަދުވެސް ބައިވަރުކަންކަން ފެށިފަ ހުންނަނީ ދުވަހަކުވެސް ނުއެއް ނިމޭ" ޖާބިރު ވިދާޅުވި އެވެ.

ފަށާއިރު ޕްރޮގުރާމް ހުށަހަޅައިދޭން އިން ޕްރެސެންޓަރު، އެންމެ ފަހުން ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި ޕޯޑިއަމްއަށް އަރާ އެމްޑީޕީން ވަކިވި ކައުންސިލަރުންނަށް ހިތްވަރުދެއްވައި ސަނާކިއުމަކީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެގެން ކޮން ކަހަލަ ކަމެއްތޯ ސުވާލުކުރުމުން ޖާބިރު ވިދާޅުވީ އެއީ ކޮށްއުޅޭ ޒާތުގެ ކަންކަމެއް ނޫން ކަމަށެވެ. ޖަބީރަށް އެ ޑިމޮކުރެސީ ނޭގޭ ކަމަށާއި އެ މީހަކަށް އެނގޭ ޑިމޮކުރަސީއަކަށް އެ މީހަކު އޮޕަރޭޓް ވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާރުވެސް ބޮޑުތިލަދުން މައްޗަށް އިންވެސްޓް ކުރާ މީހެއްގެ ހައިސިއްޔަތުން ރާއްޖެއަށް ހެވާ ލާބަ އޮތީ، ގައުމުގެ ސްޓެބިލިޓީއަށާއި ހުރިހާ ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތީގެ ރައްޔިތުން ރައީސް ސޯލިހަށް ތާއިދު ދޭން ގޮވާލެއްވި އެވެ.

ޖާބިރު ވިދާޅުވީ ރައީސް ނަޝީދު އައިސް ކުޅުދުއްފުށީ މީހުން ކުރަމުންއައި ލޭނު މަސްވެރިކަމަށް ބޭނުންކުރި ދާތަކާއެއްޗެހި ވިއްކާލާ ކުޅުދުއްފުށީ މީހުންގެ އިގްތިސޯދު ހުއްޓުވާލާފައިވާކަމަށެވެ. މިއަދު ކުޅުދުއްފުށީ ކައުންސިލަށް އެކަން ނޭގެންޔާ މެމްބަރުން އެ ރަށަށް ދިޔައީމާ ރައްޔިތުން އެ ޝަކުވާ ކުރަނީ ކީއްކުރަންތޯ ޖާބިރުވަނީ ސުވާލުކުރައްވާފަ އެވެ.

ޖާބިރު ވިދާޅުވީ ކުޅުދުއްފުއްޓަކީ ވަރަށް އިސްރަށެއް ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އިހްތިރާމާއި ލޯބި ސަރުކާރަށް ލިބޭނެ ގޮތް އޮންނަންވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355