twitterviber whatsapp telegramfacebookyoutube instagram
24th October 2025

މަރާމާތަށް ފަހު މާދަމާއިން ފެށިގެން މަސްޖިދުލް ފިރުދައުސް ހުޅުވަނީ

ނަބީލާ އިސްމާޢީލް
Jun 18, 2023
2

މަރާމާތުގެ މަސައްކަތައް ފަހު މާދަމާ ފަތިސް ނަމާދަށް ފަހު މަސްޖިދުލް ފިރުދައުސް ހުޅުވޭނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ފިރުދައުސް މިސްކިތުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް "ފަށާއިރު" ކުންފުންޏާ 48 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރީ 1.14 މިލިއަން ރުފިޔާއަށެވެ.

މިމަސައްކަތުގެ ދަށުން ފެންލައިޓްތަކުގެ ކަތިފިލާތައް ނައްޓައި ބިއްލޫރި ލެއްވުމާއި ޕެކިން ލެއްވުމާއި ސެލްކޯން އެޅުން ހިމެނެ އެވެ. މަތީގައި އަޅާފައިވާ ކޮންކުރިޓް ސީޓް ވޯޓާރ ޕްރޫފްކުރުމާއި ގާރޑަން ލައިޓްތައް ބަދަލުކުރުހިމެނެ އެވެ.

އަދި ކުޑަ ދޮރުތަކުގެ ޕެކިން ބަދަލުކުރުމާއި ދޮރުތަކާއި ފާރާއި ދޭތެއަށް ސެލެކޯން އެޅުމާއި ހަލާކުވެފައިވާ ދޮރުތައް މަރާމާތުކުރުމާއި ކުޑަ ދޮރުތަކުގައި ޕްރޮސްޓް ޖެހުން ހިމެނެ އެވެ. މިސްކިތް އިމާރާތާއި ވުލޫކުރާ އިމާރާތުގެ ބޭރު ފާރުގައި ސީލަރާއި ކުލަލުން ހިމެނޭއިރު ފިރިހެނުން ވުލޫ ކުރާ ސަރަހައްދުގެ ވޯކްވޭ ފުޅާ ކުރުން ހިމެނޭކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މިމަސައްކަތްތައް ކުރުމަށް އެ މިސްކިތް މެއި ދެވަނަ ދުވަހުން ފެށިގެން ބަންދުކޮށްފަ އޮތުމަށްފަހު މާދަމާ ފަތިސްނަމާދުން އެ މިސްކިތް އާންމުކޮށް ހުޅުވާލާނެ ކަމަށް ކައުންސިލުން ވަނީ މިއަދު ބުނެފަ އެވެ. ފިރުދައުސް މިސްކިތަކީ ވިޔަފާރިވެރިޔަކު ބިނާކޮށްދެއްވި މިސްކިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355