twitterviber whatsapp telegramfacebookyoutube instagram
16th April 2026

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 19, 2023
1

ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލުގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރެޕީގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޭއާރުއެޗުގެ ސީއީއޯ އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، ކީމޯތެރަޕީގެ ހިދުމަތް ފެށުމަށްޓަކާ ކުރަން ޖެހޭ ހުރިހާކަމެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ސެޓަޕް ތައްޔާރުކޮށް، އެކަމަށް ހާއްސަ މުވައްޒަފުންވެސް ތަމްރީނުކޮށްފައިވާ ކަމަށެވެ.

ކީމޯތެރަޕީގެ ހިދުމަތް ފަށަން ރާއްޖޭން ބޭރުންވެސް މުވައްޒަފުން ތަމްރީންކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ، ކީމޯތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމަށް މިއަދުގެ ވަގުތެއްގައި ހުޅުވާލާނެ ކަމަށެވެ. އެ ހިދުމަތް ފަށަން ހުޅުވާލުމާއެކު ހަވީރު 04:00 އިން ހެނދުނު 06:00 އަށް އެ ހޮސްޕިޓަލްގެ ނަންބަރު 6528864 އަށް ގުޅައިގެން ނަންނޯޓްކުރެވޭނެ ކަމަށެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި އެ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ދޭނެ ވޯރޑެއް ގާއިމުކުރުމަށް 1،500،000 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355