twitterviber whatsapp telegramfacebookyoutube instagram
28th February 2026

ޝަހީދު ހުސެއިން އާދަމް މައިޒާނަށް އަނެއްކާވެސް ބަޔަކު ގެއްލުންދީފި

އަބްދުލް ވާހިދު ޙަސަން
Jun 24, 2023
2

ޝަހީދު ހުސެއިން އާދަމުގެ ނަމުގައި ކުޅުދުއްފުށީގައި ހަދާފައިވާ ކުޑަކުދިންގެ ޕާރކް މަރާމާތުކޮށް ނިންމި ފަހުން އެތަނަށް ގެއްލުންދޭ އަދަދު އިތުރުވެއްޖެ އެވެ.

2017 ވަނަ އަހަރު ހެދި މި މައިޒާން ސިޓީ ކައުންސިލުން މަރާމާތުކޮށް އަލުން ހުޅުވީ މިއަހަރުގެ ފެބްރުއަރީމަހު ތެރޭގަ އެވެ. އެއަށްފަހުން އެކި ފަހަރު މަތިން އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދޭ މައްސަލަ އޮތީ ބޮޑުވެފަ އެވެ.

ކުޑަކުދިންނަށް ހާއްސަ މި ޕާރކްގައި ހުންނަ ތަކެތި އުމުރާ ނުގުޅޭ ބޮޑެތި މީހުން ބޭނުންކުރާތީ އެކަން މަނާކޮށް ޖެހި ބޯޑްތަކަށް ރޭ ގެއްލުންދީފައިވާއިރު މީގެ ހަފުތާއެއް ކުރިން ވަނީ އެތަނުގެ ފާރަށް ގެއްލުންދީފަ އެވެ.

އަދި ކުޑަކުދިން ބޭނުންކުރާ ސްޕްރިންޖް ހޯސްއަކަށް ބޮޑެތި މީހުން އަރައިގެންވެސް ދާދިފަހުން ހަލާކުކޮށްލާފައިވެ އެވެ. ގިނަ ބަޔަކު ބޭނުންކުރަމުންދާ ރަންމަތިފަންނުގެ ލައިޓެއްވެސް ތާޅާލާފައިވެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު ނަޝީދު ހެއްދެވި ޕާރކް، ސިޓީ ކައުންސިލުން ދާދިފަހުން މަރާމާތުކުރީ 444،601.10 ރުފިޔާ ހަރަދުކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355