twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ބޮޑު އީދާ ގުޅިގެން އުރީދޫން ބޮޑު ޗުއްޓީ ޕެކް

Jun 25, 2023

ކުރިއަށް އޮތް ބޮޑު އީދުގައި ކަސްޓަމަރުން ގުޅުވާލަދީ ޢީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ.

އީދާ ގުޅިގެން އުރީދޫން ލޯންޗްކުރި އޮފާ ތަކަކީ:

ބޮޑު ޗުއްޓީ ޕެކް

150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ލިބޭ ބޮޑު ޗުއްޓީ ޕެކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެކެވެ. މި ޕެކާ އެކު އީދު ގެ އުފަލުގައި ބައިވެރިވެ ޗުއްޓީތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބޭނެއެވެ.

މި ޕެކް، އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް V150 ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރުމުން ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ޔޫއެސްއެސްޑީ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް *929*1# އަށް ގުޅާލުމުން ފަސޭހަ ކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ.

ސުޕަނެޓް، ފަސޭހަ، އަދި 5ޖީ އެއާފައިބާ އަލަށް ނަގާ ކަސްޓަމަރުންނަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް އައިފޯން 14 ގެ އިތުރުން ހާއްސަ އިނާމުތަކެއް އުރީދޫން ވަނީ ހުށަހަޅާފައެވެ.

އެގޮތުން، ބޮޑު އީދު ޗުއްޓީގައި އުރީދޫ ހޯމްބްރޯޑްބޭންޑް ގެ ހިދުމަތްތައް ބޭނުންކުރައްވާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތްނަންގަވާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ފަހިވާނެއެވެ.

އެގޮތުން އަންނަ މަހުގެ ނިޔަލަށް އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހަ ޕްލަސް ގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި ތިން ނަސީބުވެރި ފަރާތް ހޯވާނީ އޯގަސްޓް މަހުގެ ތެރޭގައެވެ. ހަމަ އެއާ އެކު ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށްވެސް ހާއްސަ އިނާމުތަކެއް ލިބޭނެއެވެ.

އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމްއާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނެއެވެ. މި ނަސީބުވެރިފަރާތްތައް ހޮވާނީ ހޮވާނީ ޕްރޯމޯޝަނަށް ފަހު އަންނަ މަހުއެވެ.

މި ޕްރޮމޯޝަންތަކާ ގުޅިގެން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އަޟްހާ އީދު ޗުއްޓީއަކީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް އުފަލުން ފުރިގެންވާ ދުވަސްވަރެއް ކަމަށެވެ. އަދި މި މުނާސަބަތުގައި ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރުކުރުމަށް މި ހާއްސަ އޮފާ ކަމުދާނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީ މި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދިނުން. އެންމެހައި ބޭފުޅުންނަށްވެސް ބަރަކާތްތެރި އަދި އުފާވެރި ޢީދަކަށް އެދެން. އީދު މުބާރަކް!" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355