twitterviber whatsapp telegramfacebookyoutube instagram
7th May 2025

މާލޭ ސީޓީ ކައުންސިލްގެ މޭޔަރ އާދަމް މަނިކު ކުޅުދުއްފުއްޓަށް ވަޑައިގެންފި

Jun 7, 2011

އިބްރާހިމް ހަމީދު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް މަނިކު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

އާދަމް މަނިކުގެ މިދަތުރުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ޗެއާރމަން މައިޒާން އަލި މަނިކު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ އެމަނިކުފާނު ކުޅުދުއްފުއްޓަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

މިދަތުރުފުޅުގައި ކުޅުދުއްފުށީގައި މިއަދު ފެށުނު އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތް ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން ކުޅުދުއްފުށީގެ  ތަރައްގީއަށް ކުރެވެމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެއެވެ. އަދި މީގެއިތުރުން ކުޅުދުއްފުށީގެ ކައުންސިލް މެމްބަރުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް މަނިކު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަތި އުތުރުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނެއިފާއި  ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު އާއި ކުޅުދުއްފުށި ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދާއި އެކައުންސިލްތަކުގެ މެމްބަރުންނާއި ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފްއާއި އެއޮފީހުގެ މުވައްޒަފުންނެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި މޭޔަރ ކުޅުދުއްފުށީން ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355