twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހަވައެއް ނޫން، 6 ވާ: ކައުންސިލަށް ރައްޔިތުންގެ ބޮޑު ނުރުހުމެއް

އަބްދުލް ވާހިދު ޙަސަން
Jun 28, 2023
19

މިރޭ 20:15 ވީއިރު ރަށުގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ޖަމާވެފައިވަނީ ހިއްކި ބިމަށެވެ. ހަމައެކަނި އީދު ވީމަ އެއްނޫނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާންމު ކުރި އީދު ކުޅިވަރުތަކުގެ ލިސްޓްގައި [ހަ ވާ] އަރުވާނެކަމަށް ލިޔެފައި އޮތުމުންނެވެ.

ކޮންމެ ފަހަރުވެސް ހަވާ އަރުވަންޏާ އެވަރަށް ރައްޔިތުން އެ ބަލަން ޖަމާވެ އެވެ. އެހެން މިފަހަރުވެސް [ހަ ވާ] އަރުވާނެކަން އިއުލާންކޮށްފައި އޮތުމުން ގިނަ ބަޔަކު ހިއްކި ބިމަށް ޖަމާވި އެވެ. ބައެއް މީހުން ފޮޓޯ ނަގަން އެންމެ ރީތިވާނެކަމަށް ބެލެވޭ ލޮކޯޝަންތަކަށް އަރާ ރެޑީވި އެވެ. ވީލްޗެއަރގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ދުވަސްވީ މީހުންގެ އިތުރުން ޅަ ދަރިންވެސް ތިއްބެވެ.

އެކަމަކު އެރުވީ ހަވައެއް ނޫނެވެ. 6 ވަލެވެ. ހިއްކި ސަރަހައްދުގައި އޮތް ސްޓޭޖަކުން ހަވާ އަރުވަނީކަން އިއުލާންކޮށް 6 ވާގަނޑަކަށް ފޮށިތަކެއް އެރުވީ އެވެ. ސައިޒުން މާބޮޑު ނޫން އެ ފޮށިތަކުގައި 1 - 6 ނަމްބަރު ޖަހާ، [ވާ] މިހެން ލިޔެފައިވެ އެވެ. އެކަން އެހެން ކުރުމުން އެތަނަށް ހަމަ ހަގީގަތުގައިވެސް ހަވާ ބަލަން ގޮސް ތިބި އެތައް ހާސް ރައްޔިތުންނެއް ހިތްހަމަ ނުޖެހުނެވެ.

" މިއީ މިކަން ކޮންގެންވާނެ ކަމެއް ނޫން. މިހާ ބޮޑު އޮޅުވާލުމެއް ރައްޔިތުންނަށް ކައުންސިލަރުން ދީގެން ނުވާނެ." ހިތްހަމަ ނުޖެހިފައި ހުރި ރައްޔިތަކު ބުންޏެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ހިތްހަމަނުޖެހިގެން ޝަކުވާކުރި އެވެ.

ކައުންސިލަރުންނަށް ގުޅީމަ ބުނަނީ އަހަރަމެންނެއް ނުބުނަމޭ ހަވާ (ފަޔަރވޯކްސް) އަރުވާ ވާހަކައެއް. ކައުންސިލުން ބުނެފަ އިންނާނީ [ހަ ވާ] އަރުވާ ވާހަކައޭ. ހާ އާއި ވާވާ ދެމެދު ހުސް ތަންކޮޅެއް އިންނާނެޔޭ. އެނުވާނެޔޭ ހަވަޔަކަށް." ރައްޔިތަކުން ބުންޏެވެ.

ތެދެކެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ އެހެންނެވެ. އެކަމަކު އާންމު ފަރާތްތަކުން މިގޮތަށް އިންތިޒާމުކުރާ ކުޅިވަރުތަކުގައި މާނަ އޮޅޭގޮތަށް މައުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫނެވެ.

6 ވާ އެރުވުން އިންތިޒާމުކުރީ އާންމުންގެ ބަޔަކު: ބައެއް މީހުންނަށްވީ މަޖާކަމަކަށް

6 ވައު އެރުވުމުގައި އުޅުނު މީހަކު ބުނީ، އެރުވީ ހަމަ 6 ވާ ކަމަށެވެ. މިރަށުގެ މީހުންނަކީ މަޖާޒީ ބައެއް ކަމަށާއި އަމިއްލައަށް ކުޅިވަރުތައް އުފައްދާ ތަފާތު ރައްޔިތަކު އުޅޭ ރަށެއް ކަމަށެވެ.

މި ހަރަކާތް މަޖާވެ ތަފާތުވެގެންވެސް ބައެއް ފަރާތްތަކުން ހިޔާލާއި ޝުއޫރު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވެ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނީ، އީދުގެ ހަރަކާތްތަކުގައި ގިނަ ބަޔަކު ޝާމިލުވުމަކީ ރަނގަޅެެއްކަމަށެވެ. އާންމުކޮށް ގޭގެއިން ނުނެރެ، ތިބޭ ގިނަ ބަޔަކުވެސް މިރޭ އޮތް 6 ވައު އަރުވާން މަންޒަރު ބަލަން ނެރުން ކަމަށެވެ.

ކޮންމެ އަކަސް ގިނަ ބަޔަކަށް މިކަން ކަމަކު ނުދިޔަ އެވެ. ބޮޑެތި ހަރަދުކޮށް ކައިރި ބައެއް ރަށްރަށުންވެސް ހަވާ ބަލަން ދަތުރު ހަދާފައި އައި އެވެ. މާދަމާ އޮންނާނެ އެންމެ ހާއްސަ ކުޅިވަރަކީ މަށިމާލި ޕެރޭޑެވެ. މިއީވެސް މުޅި ތަފާތު ކުޅިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355