twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީ އެއާޕޯޓަށް އުދަ އެރިނަމަވެސް އޮޕަރޭޝަން ކުރިއަށް

Jul 4, 2023

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅުނގު މޫސުމުގެ ވިއްސާރައިގައި ކުޅުދުއްފުށީ އެއާޕޯޓަށް އުދައެރި ނަމަވެސް އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓި އެއާޕޯޓް ބަންދު ކުރާ ހިސާބަށް ނުދާކަމަށް ކުޅުދުއްފުށި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސްއިން ބުނެފި އެވެ.

އޮންލައިން ނޫސް ސަންއަށް މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ރަންވޭއަށް އުދައެރި ނަމަވެސް، ރަންވޭ އާއި އިތުރު އެއްވެސް އެއްޗަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ ބޮޑުބަޔަކަށް އުދައެރުމުގެ އިތުރުން އެ އެއާޕޯޓް ފެންސުން ބޮޑުބައެއްވަނީ މިއަދު ހަވީރު ޖެހުނު ގަދަވަޔާއެކު ވެއްޓިފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން 42.37 މިލިއަން ރުފިޔާއަށް ނިންމާލާފައިވަނީ މިދިޔަ މޭ މަސްތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން ވަނީ 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާފަ އެވެ. ކުރިން އެއާޕޯޓްގެ ހިމާޔަތަށް ޖެހި ހިލަތޮށި ގިރާލީ 2018 ވަނަ އަހަރު މެއިމަހުގެ ތެރޭގައި މޫސުން ގޯސްވެގެން ހިނގި ހާދިސާގަ އެވެ.

އޭރު އެ މަސައްކަތްކުރިއިރު އެމްޓީސީސީން ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ޖަހަން ލަފާދީފައިވާ ވަރަށްވުރެ ސައިޒްގެ ގޮތުން ކުދި ހިލަތަކެކެވެ. އެ މައްސަލަ އޭރުގެ ކައުންސިލުންވެސް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި ނަމަވެސް ބަދަލެއް ނުކުރި އެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނޭކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެސަރަހައްދަށް ހުދު ސަމާލުވެސް މިރޭ 3:00 އަށް އިތުރު ކޮށްފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި އެ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ސްޓޭޝަންގެ ސިފައިން ޕަމްޕް ބޭނުންކޮށްގެން، މަގުތަކުން ވަނީ ފެން ހިއްކާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355