twitterviber whatsapp telegramfacebookyoutube instagram
28th April 2024

ފަތުރުވެރިކަމަށް ހަނިމާދޫ އިން 80،000 އަކަފޫޓްގެ ބިން ދޫކުރަނީ

ނަބީލާ އިސްމާޢީލް
Jul 7, 2023

ހދ ހަނިމާދޫ ޓޫރިޒަމު ޒޯނުން 80،000 އަކަފޫޓްގެ ބިން ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ، ޓޫރިޒަމް ވިޔަފާރިއަށް ކުއްޔަށް ދޫކުރަނީ ދިހަހާސް އަކަފޫޓްގެ ހަތަރު ބިމާއި 5000 އަކަފޫޓްގެ 8 ބިން ކަމަށެވެ. ދިހަހާސް އަކަފޫޓްގެ ބިން ކުއްޔަށް ދެނީ 40 އަހަރަށެވެ. އަދި ފަސްހާސް އަކަފޫޓް ބިން ދެނީ 30 އަހަރަށެވެ.

ދިހަ ހާސް އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފުކުރުން އޮންނާނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. އަދި އެ ބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ ކަމަށެވެ.

ފަސްހާސް އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. އަދި އެ ބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 06 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގަ އެވެ.

ފަތުރުވެރިކަމަށް ހާއްސަ، ހަނިމާދޫ އެއާޕޯޓު ސަރުކާރުން ތަރައްގީ ކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން ފަށައިގެން ކުރިއަށްގެންދާއިރު އެއީ އެ މަޝްރޫއު ކުރިއަށްގެންދަނީ ދެ ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާ ސަރުކާރުން ނަގައިގެނެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ. ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއާބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355